ads
އަތުގައި ލިޕްސްޓިކް ހޭކުން މާ އުފާވެރި!
މޭކަޕަކީ ގިނަ އަންހެނުންގެ އެންމެ ގާތް އެކުވެރިޔާކަން ޔަގީނެއެވެ. އަންހެން ކުއްޖެއްގެ ދަބަސް ބަލާލާއިރު ލިޕްސްޓިކް ފުޅިއެއް ނޯންނަ ފަހަރު މަދުވާނެއެވެ.

ނަމަވެސް އަންހެނަކަށް ފިހާރަތަކަށް ގޮސް ލިޕްސްޓިކް ފުޅިއެއް ގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ ކަމުދާ އެތައް ކުލައެއް ހުރެއެވެ. ގިނަ ފަހަރު ހުންނަނީ ގަންނާނެ ކުލައެއް ނޭނގިފައެވެ.

އެގޮތުން ގަންނާނެ ކުލައެއް ކަނޑައެޅުމަށް ގިނަ ފަހަރު އަންހެން ކުދިން ކުރާ ކަމަކީ އަތުގައި އެކުލައެއް ޓެސްޓު ކުރުމެވެ. ފިހާރައިން ނިކުންނަ އިރު އަތް ބަލާލަން ނުކެރޭނެއެވެ.

މިއީ ގިނަ މީހުންނަށް ހަޑި މަންޒަރަކަށް ވީނަމަވެސް އަންހެން ކުދިންނަށް މިއީ ލިބޭ އުފަލެކެވެ. އެކުލަތައް ފެނުމުން އެމީހުނަށް ހިތްހަމަ ޖެހުން ލިބެއެވެ.

ބައެއް ފަހަރު ލިޕްސްޓިކް ފުޅިއެއް ނުގަތަސް ފިހާރަތަކަށް ގޮސް އަތުގައި ލިޕްސްޓިކް ޓެސްޓުކުރާ މަންޒަރު ވެސް ފެނިގެންދެއެވެ. އަދި ބައެއް ފަހަރު ލޯބިވެރިޔާ ގޮވައިގެން މިފަދަ ފިހާރަތަކަށް ގޮސް އެމީހުންގެ އަތުގައި ލިޕްސްޓިކް ޓެސްޓުކުރާ މަންޒަރު ފެނިގެންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް