ads
މެރާކީގައި މަސައްކަތް ކުރި އައިމިނަތު އީނާސް: ފޮޓޯ ޓުވިޓާ
މެރާކީ ކެފޭގެ މައްސަލަ: ދެ މީހަކަށް 15,800 ރުފިޔާގެ ޖޫރިމަނާ
މާލޭގެ ހުސްނުހީނާ މަގުގައި ހުންނަ މެރާކީ ކޮފީ ރޯސްޓާސް ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކު ކޮންމެ މީހަކު 15,800 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
Advertisement

މި މައްސަލައަކީ މެރާކީ ކެފޭގެ ބޭރުގައި އަންހެނުން ފިރިހެން ނުވުމަށް އަދި ފިރިހެނުން އަންހެން ނުވުމަށް ލިޔެފައި ހުރި ސްޓިކީ ނޯޓެއް ތަތް ކުރުމަށްފަހު، ބިއްލޫރިގަނޑު ތަޅާލި މައްސަލައެކެވެ. 

މެރާކީއަށް ހަމަލާ ދިނުމުގެ ކުރިން އެ ކޮފީޝޮފުގައި ބަރިސްތާއެއްގެ ވަޒީފާ އަދާ ކުރި އައިމިނަތު އީނާސް އަށް ވަނީ ސޯޝަލް މީޑިއާގައި އޭނާ ހެދުން އަޅާ ގޮތާ މެދު ހިތްހަމަނުޖެހި ތަފާތު ފުރައްސާރަތައް ކޮށްފަ އެވެ.

އީނާސް އަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރަން ފެށުމުން އޭނާ ވަނީ SuitsMe# ނަމުގައި ކެމްޕޭނެއް ވެސް ފެށިއެވެ. ނަމަވެސް މިހާރު އޭނާ ވަނީ ރާއްޖެ ދޫކޮށް ގޮސްފައިކަމަށް މައުލޫމާތު ލިބިއެވެ.

ދައުލަތުން ދައުވާ އުފުލީ މއ. ޝިރުމީނާއާބާދު، ތަސްލީމް އާދަމް އާއި މއ. ނަހީދީމަންޒިލް، ސިބާހް ޝަރީފްގެ މައްޗަށެވެ. މި ދެ މީހުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަށް އިންކާރު ކުރި ނަމަވެސް، ސީސީޓީވީ ފުޓޭޖުގެ ހެއްކާއެކު އެ ދައުވާ ސާބިތުވި އެވެ.

ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި ތަސްލީމް އާދަމް ވަނީ މެރާކީ ކެފޭގައި ސްޓިކީ ނޯޓެއް ހަރުކޮށްފަ އެވެ. އަދި ސިބާހް ޝަރީފް ވަނީ ޕޭމަންޓް ގަލަކުން މެރާކީގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ.

ކޯޓުން މި ދެ މީހުންނަށް ފުރަތަމަ ކަނޑައެޅީ ދެ މަހާއި 19 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް އެ އަދަބު ބަދަލުކޮށް، ކޮންމެ މީހަކު 15,800 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމި އެވެ. މި ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކޯޓުން އަމުރުކޮށްފައި ވެ އެވެ.

މި މައްސަލައިގައި ދެ މީހުން ހައްޔަރުކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މެރާކީ ކެފޭއަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ މަހުގެ 26 ވަނަ ދުވަހުގެ ރޭ 23:13 ގައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް