ads
މޯލްޑިވް ގޭސް
ގޭސް ސިލިންޑަރު ގުޅާނެ ގޮތް މޯލްޑިވް ގޭހުން ކިޔައިދީފި
ގޭސް ސިލިންޑަރުތަށް ރަނގަޅަށް އަދި ރައްކާތެރިކޮށް ގުޅާނެ ގޮތް މޯލްޑިވް ގޭހުން ކިޔައިދީފި އެވެ.

ގޭސްފުޅި ބަދަލު ކުރުމަށްޓަކައި އަމިއްލަ އަށް ރެގިއުލޭޓަރު ނައްޓާލުމަށްފަހު އަލުން ގުޅާނެ ގޮތް މޯލްޑިވް ގޭހުން ވީޑިއޯއެއް ގެ ގޮތުގައި ރައްޔިތުންނަށް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މިއަދު ވަނީ ހިއްސާ ކޮށްފައެވެ. 

މިއީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ރަނގަޅު ގޮތުގައި އަމިއްލަ އަށް ގޭގައި ގޭސް ސިލިންޑަރު ބަހައްޓާ ގުޅޭނެ ގޮތް ކިޔައިދިނުމުގެ ގޮތުން މޯލްޑިވް ގޭހުން ކޮށްފައިވާ ކަމެކެވެ. މިގޮތުން ގޭސް ފުޅިތަށް ގުޅޭނެ ގޮތުގެ ވީޑިއޯ ވަނީ މޯލްޑިވްސް ގޭހުގެ އިންސްޓަގްރާމް، ޓްވިޓާ އަދި ފޭސްބުކް ޕޭޖުތަކުގައި ޕޯސްޓު ކޮށްފައެވެ.

މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވް ގޭހުންވަނީ  ގޭސް ހުސް ވެއްޖެނަމަ މެސެއްޖެއް ކޮއްލައިގެން 'ޓެކްސްޓް އެންޑް އޯޑާ' ގެ ނަމުގައި ފަސޭހައިން ގޭސް އޯޑަރު ކުރެވޭނެ ގޮތް ހުޅުވާލާފައެވެ. އަދި އިތުރު އެހީއެއް ބޭނުންވާނަމަ 'ހެލްޕް' ޖެއްސުމަށްފަހު މެސެޖެއް ކޮށްލުމުން އެހީތެރިކަން އިތުރަށް ފޯރުކޮށްދޭނެ ކަމަށްވެސް މޯލްޑިވްސް ގޭހުންވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް