ads
ނެހާ---
ނެހާގެ އެންމެ ފަހުގެ ލަވައިން ގިނަ ބަޔަކު ރޮއްވާލައިފި!
ބޮލީވުޑުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ނެހާ ކައްކަރުގެ އެންމެ ފަހުގެ ލަވަ "ޖިންކޭ ލިއޭ" ގިނަ ބަޔަކަށް ކަމޮގޮސްފިއެވެ.

އެލަވައަކީ "ޖާނީ ވޭ" އަލްބަމްގެ ލަވައެކެވެ. ބީ ޕްރާކް ކޮމްޕޯސް ކޮށްފައިވާ އެލަވަ ކިޔާފައިވަނީ ނެހާއެވެ. އަދި ލަވައިން ނެހާ އާއެކު ޖާނީ ފެނިގެންދެއެވެ. 

ހިތާމަވެރި އެލަވައިން ފެނިގެންދަނީ ނެހާގެ ފިރިމީހާ އޭނާއަށް ދޯކާ ދޭ މަންޒަރެވެ. އަދި އެކަމާ ދެރަވެގެން އެންމެ ފަހުން ނެހާ އަމިއްލަ އަށް މަރުވާ މަންޒަރު ލަވައިން ފެނިގެންދެއެވެ. 

އެލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އެލަވަ ބެލުމަށްފަހު ގިނަ ބަޔަކު ރޮއެފައިވާ ކަމަށް އިންޑިއާގެ ހަބަރުތަކުން ބުނެއެވެ.

ނެހާ އަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް