ads
ޖޯޖް ސްޓެފަނަޕިއުލަސް އާއި އަންހެނުން އަލީ ވެންޓްވޯތު
ޖޯޖް ސްޓެފަނަޕިއުލަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
އަންހެނުން ޕޮޒިޓިވްވިތާ ހަފްތާ ތަކެއް ފަހުން ޖޯޖް ސްޓެފަނަޕިއުލަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުރީގެ ވައިޓް ހައުސް ކޮމިއުނިކޭޝަންސް ޑިރެކްޓާ އަދި މިހާރުގެ އޭބީސީގެ 'ގޫޑް މޯނިން އެމެރިކާ' (ޖީއެމްއޭ) ޝޯގެ ހޯސްޓު ކަމަށްވާ ޖޯޖް ސްޓެފަނަޕިއުލަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިއުލާން ކޮށްފައިވަނީ ޖީއެމްއޭގެ ހޯމަ ދުވަހުގެ ޝޯގައި ވާހަކަ ދަށްކަމުންނެވެ.

ޖީއެމްއޭގައި ވާހަކަ ދައްކަމުން ޖޯޖް ސްޓެފަނަޕިއުލަސް ބުނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން އޭނާ ޕޮޒިޓިވެ ވެފައިވާ ކަމަށާއި، ވައިރަހުގެ އަލާމާތްތަށް ކަމަށްވާ ކެއްސުން، ނޭވާލާން އުނދަގުވުން، ހުންއައުން އަދި އެހެން އެއްވެސް އަލާމާތެއް އަދި ފެނިފައި ނުވާ ކަމަށެވެ. ޖޯޖް ސްޓެފަނަޕިއުލަސް އިތުރަށް ބުނިގޮތުގައި އޭނާއަކީ އެއްވެސް ވަރަކަށް އަލާމާތް ނުފެނި ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށެވެ. 

ސްޓެފަނަޕިއުލަސް ގެ އަންހެނުން އަލީ ވެންޓްވޯތު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ބުނެފައިވަނީ ސްޓެފަނަޕިއުލަށް ވައިރަހައް ޕޮޒިޓިވް ވުމުގެ ދެ ހަފްތާ ކުރިން ކަމަށް ބޭރުގެ ހަބަރު ތަކުންވަނީ ރިޕޯޓު ކޮށްފައެވެ. އަދި ސްޓެފަނަޕިއުލަސްގެ އަލާމާތެއް ފެނިފައިނުވި ކަމުގައިވީނަމަވެސް، އޭނާގެ އަންހެނުން ގެ ގައިން އަލާމާތްތަށް ފެންނަމުންދާ ކަމަށް ބޭރުގެ ހަބަރުތަކުގައި ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް