ads
އާނަންތު އަމްބާނީ މަކުނުދޫގައި
އާނަންތު އަންބާނީ ކަމުދިޔައީ މަކުނުދޫ ކުކުޅާއި މުސަޅު
ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގައި ހިމެނޭ އިންޑިއާގެ ވިޔަފާރިވެރިޔާ މުކޭސް އަންބާނީގެ އާއިލާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
Advertisement

އަންބާނީގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދަނީ މިދިޔަ އޭޕްރީލް މަހު ހުޅުވި ލަގްޒަރީ ރިސޯޓުކަމަށްވާ ސޮނެވާ ސީކްރެޓްގައެވެ. 

މި ދަތުރުގައި އަންބާނީގެ ހަގު ދަރު އާނަންތު ބައިވެރިވެއެވެ. އޭނާ ދުނިޔެއަށް އެންމެ ބޮޑަށް މަޝްހޫރުވީ ދާދި ފަހުން ބޭއްވި އޭނާގެ އަލަތު ކައިވެނީގެ ހަފްލާތަކާއި ގުޅިގެންނެވެ. ދުވަސްތަކަށް ދެމިގެން ދިޔަ އަގުބޮޑު ކައިވެނީގެ ހަފްލާތަކުގައ ދުނިޔޭގެ މަޝްހޫރު ސެލެބިރިޓީން ވަނީ ބައިވެރިވެފައެވެ. 

ރާއްޖޭގެ ޗުއްޓީ ދަތުރުގައި އާނަންތު ހދ. މަކުނުދުއަށް ގޮސް އުޅުނު ފޮޓޯތައް މިއަދު ވަނީ އާއްމުވެފައެވެ. އެރަށަށް އޭނާ ދިޔައީ ރިސޯޓުން  އެކަނި ޖެޓް ސްކީއެއްގައި ކަމަށްވެއެވެ.  

ޖަނަވާރަށް ލޯބި ކުރާ އަދި ދުނިޔޭގައި ހުންނަ އެންމެ ބޮޑު އެނިމަލް ޝެލްޓާގެ ވެރިޔާގެ ގޮތުގައި ހުރި އާނަންތު މަކުނުދޫގައި މަޑުކޮށްލި ވިއްސަކަށް މިނެޓްތެރޭގައި ކުރި ކަމަކީ އެރަށުން ބައެއް ޖަނަވާރު ގަތުމެވެ. އެގޮތުން މުސަޅާއި ކުކުޅު މަކުނުދޫއިން ވަނީ ގަނެފައެވެ. 

ކުކުޅަކާއި ތިން މުސަޅު ގަންނަ އާނަންތު ހޭދަކުރީ އެންމެ 400 އެއްހާ ރުފިޔާކަމަށް އެރަށު މީހުން ބުނެއެވެ.

މަކުނުދޫއިން ދޫނިވެސް ގަންނަން އާނަންތު ބޭނުންވިއެވެ. އެހެންނަމަވެސް އެތަކެތި ވިއްކާ މީހުން ނެތުމުން ލިބޭ ގޮތެއް ނުވިއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް