މިފްކޯއިން މަސްވެރިންނަށް 32 މިލިއަން އަންނަ ހަފްތާގައި ދޭނެ
ގުފްތަގް އަޖީރު
19 ނޮވެންބަރ 2024 - 16:54:38
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ދޭންޖެހޭ 32 މިލިއަން ރުފިޔާ އަންނަ ހަފްތާގެ ތެރޭގައި ދޫކުރުމަށް ނިންމާފައިވާކަން އެ ކުފުނިން މިއަދު ހާމަކޮށްފިއެވެ.
މި ފައިސާ އަންނަ ހަފްތާގެ ފުރަތަމަ ކޮޅު ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ފައިސާ ދޫކުރާނެ ސީދާ ދުވަހެއް ކަނޑައެޅުމުން އެކަން އާންމުކޮށް އަންގާނެއެވެ.
މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދޫކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ފަހު ކޮޅުގަ އެވެ. އޭރު ދޫކުރީ 16 މިލިއަން ރުފިޔާ އެވެ.
މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ކުރިން ވިދާޅުވެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ފައިސާ ދިނުމުގައި ލަސްތަކެއް ވަމުންދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
- މިފްކޯއިން މަސްވެރިންނަށް 32 މިލިއަން ރުފިޔާ ދޭން ޖެހިފައިވޭ
- އަންނަ ހަފްތާގެ ފުރަތަމަ ކޮޅު ފައިސާ ދޫކުރާނެ
- އެންމެ ފަހުން ފައިސާ ދޫކުރީ އޮކްޓޯބަރު މަހުގެ ފަހު ކޮޅު
- މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ވައުދެއް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް