ads
އިްބރާހީމް ނާޒިލް ފޮޓޯ: އެމްޑީޕީ
މިހާރު މަޖިލީހުގައި ތިބީ ރައްޔިތުންގެ މެންބަރުންނެއް ނޫން: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުރީ ސިޔާސީ ޕާޓީމެންބަރުން ކަމަށާއ މިހާރު އެއީ ރައްޔިތުންގެ މެމްބަރުންނެއް ނޫންކަަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރި އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
Advertisement

ނާޒިލް މިހެން ވިދާޅުވީ ސަރުކާރުގެ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުން މަޖިލީހުގެ 78 މެމްބަރުންގެ ވޯޓައި އެކު ގާނޫނު އަސާސީއަށް ގެނެވުނު 3 ބަދަލަކާ ގުޅިގެންނެވެ.

މިއަދު އެމްޑީޕީ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވަނީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވާފައެވެ.

"ސިޔާސީ ޕާޓީ ތަކުގެ ގާނޫނަށް އިލެކްޝަން ކޮމިޝަނުން މިސާލަކަށް ގެންނަނީ 10،000 މެމްބަރުން ހަމަނުވާ ޕާޓީ އުވިދިޔައީއޭ، އެކަނަތއް އެ ދިޔައިއޭ އެގޮތަށް ބަލާނަމަ މި ބުނި 1 މެމްބަރުން 2 މެމްބަރުން ތިބި ޕާޓީތައް ، ޕާޓީ އުވިދިޔައި މެންބަރާ ދޭތެރޭ ދެން ކިހިނެތް ތޯ ވާނީ. މެމްބަރު ދެން ރަށްމެދު ވީތޯއޭ މަޖިލިސް ދެން ކޮން ދިމާލަކަށްތޯ ދާނީ ، ވެރިކަން ކުރާ ޕާޓިއަށްތޯ ދާނީ ، މިއީ އުފެދުނު ބައިވަރު ސުވާލުތަކެއް ، މިކަހަލަ ބައިވަރު ސުވާލުތަކެއްހެ ޖަވާބު ނުލިބުނު ، ޖަވާބު ލިބެނީ ގުޅުންހުރި ފަރާތްތަކާ ވާހަކަދެކެވި މަޝްވަރާކުރެވިގެން ، މިހުރިހާ ކައްތައްތަކާ އެކީގައި މިއީ ވަރަށް ކުޑަކުޑަ މިސާލެއް" އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރު ނާޒިލް ވިދާޅުވިއެވެ.

އެކަމަކު މަޝްވަރާކުރާކަށް ފުރުސަތެއް ނުލިބުނު ކަމަށާއި ކޮމިޓީ ބަހުސްވެސް ގަޑިއެއް ހާއިރު ތެރޭ ނިންމާލީ ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަންވާނީ ވާހަކަ ދައްކަކައިގެން ހައްލުހޯދައިގެން ކަަމަށާއި ގާނޫނު އަސާސީގައި އޮންނަ މާއްދާއަަކަށް އިސްލާހު ގެންނަނީކީއެއް ނޫން  ކަމަށް ނާޒިލް ވިދާޅުވިއެވެ.

ޕާޓީގެ އެންޓިޑިފެކްޝަން ގާނޫނު އެމްޑީޕީން ގެނައި ވާހަކައާއި، އެމްޑީޕީން ގެނެއްސަ އޮތް ކަަމަކަށް އެއިރު އެމްޑީޕީން ކަންތައް ކުރި ގޮތާއި އެހުރިގާ ސުވާލެއް ކުރާކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ އެއިރު ވަރަށް ސާފުކޮށް ގޮނޑި ޕާޓީން ނަގާ ޑިސިޝަން ނޫނީ ޕާޓީގައި އޮންނަ ކޮމިޓީ އަކުން ، ފިޔަވަޅު އަޅާ އެހުރިހާ ކަމެއްގެ ތެރެއިން އައިސް ގޮނޑި ގެއްލުނަސްވެސް ދާއިރާގެ ރައްޔިތުންނަށް ހައްގުއޮތްކަމަށެވެ.

"އެކަން އެހެން އޮތުމުން ދާއިރާގެ ރައްޔިތުނަށް ގައުމުގެ ހައްގުގައޭ ދިނުގެ ހައްގުގައޭ ، އިސްރޭލް ބިލާ ދޭތެރޭކައްތައް ކުރެއްވީ ، ޕާޓީން ނިންމެވި ގޮތަަކަށް ނޫނޭ ، އެހެންވީމާ ރައްޔިތުންނަށް 2 ވަނަ ފުރުސަތެއް އެބަ ދެވޭ ، ދައުރު ނިމެންދެން އެ މެންބަރު މަޖިލީހުގައި އެމެންބަރުންގެ ހައްގުގަިއ ބަސް ބުނަން ނުވަތަ ދިވެހި ރައްޔިތުންގެ ހައްގުގަިއ ބަސްބުނަން ބެހެއްޓުމުގެ ފުރުސަތު އޮވޭ،ނަމަވެސް އެ ހުރިހާ ފުރުސަތުތަކެއް ގެއްލި ދިޔައީ" ނާޒިލް ވިދާޅުވިއެވެ.

 މިހާރު ރައްުޔިތުންގެ މެމްބަރުންނޭ ކިޔޭނެ ކަމާމެދު ސުވާލު އުފައްދައްވާ މިހާރު ކިޔޭނީ ޕާޓީ މެންބަރުން ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިހާރު ރައްޔިތުން ބޭނުންވާ ކަމެއް ނުކުރެވޭނެ ކަމަށާއި މިހާރު ކުރެވޭނީ ޕާޓީން ބޭނުންވާ ކަންތައްތައް ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިހާރު އޮތްގޮތުން ނަމަ މެންބަރުން ހޮވާފައި ހުރި ދާއިރާއެއްގެ ރައްޔިތުން އެ މެމްބަަރށް ގުޅީމާ  "ތިމަންނައަކަށް ނޫނޭ ޕާޓީއަށް ގުޅާށޭ ކަންކަމުގައި" އެ މެމްބަރަަކަށް ބުނެވޭނެ ކަަމަށްވެސް އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރު ފާހަގކުރެއްވިއެވެ. 

"ދިވެހި ރައްޔިތުން ބުނާ ބަހަށްވުރެ ޕާޓީގެ އިސް ފަރާތްތަކުން ، ޕާޓީގެ ވެރިން ނިންމާގޮތަކަށޭ ތިމަންނައަށް ކަންތައް ކުރެވޭނީ ، ދިވެހި ރައްޔިތުންނާ ، ދާއިރާއާ މިކަތައްތަކާގެން ތިމަންނާއަށް ނޫޅޭވޭނެޔޭ ، އެހާލަތުގައި މިއޮތީ ، ވަަރަށް ސާފުކޮށް އެބަ އެނގޭ ވަރަށް ބޮޑެތި ކަންތައްތަކެއް ކަނޑުގެ ވާހަކައާ ސަރަހައްދުގެ ވާހަކައާ ، ޕާޓީގެ ގޮނޑިަތއް ގެއްލިދާނެ ހާލަތާ ، މިއީ ވަރަށް ގިނަ މަޝްވަރާއެއް ކޮށްގެން ނިންމަން ޖެހޭ ، ރައްިޔިތުންނާ ގުޅުންހުރި ކަންތައްތަކެއް" ނާޒިލް ވިދާޅުވިއެވެ.

1 ގަޑިރުގެ ބަހުސެއް ނިންމާލާއިރު މެދުތެރެއަށް ވޯޓު ނަގާށާ އެކީގައި ދިން ހުރިހާ ވަގުތުތަކާއެކީގައި ، ޖުމްލަ 9 ގަޑީރު ނަަމަވެސް މަޝްވަރާކޮށް  3 ގަޑީރު ތެރޭ ހުރިހާ ކަމެއް ނިމި ހިނގާދިޔަަ ކަމަށް ވިދާޅުވެ ނާޒިލް ކަންބޮޑުވުން ފާޅުކުރިއެވެ.

ހުސްވަގުތޮކޮޅުގައި ކޮންމެހެން އެކަމަށް މަޝްވަރާކޮށް، އިލްމީގޮތުން ކަންކަން ހޯ،ދާ މުސްތަގްބަލްގައި ރަނގަޅަށް ދާނީ ކިހިނެތްތޯއާމެދު، އުފެދިދާނެ ހިޔާލު ތަފާތުވުންތަަކަކީ ކޮބާތޯއާ މެދު އިތުރަށް އެއްވެސް މަޝްވަރާއެއް ނުކޮށް ނިންމާލީކަމަށް ނާޒިލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް