ads
ފޮޓޯ: ދިރާގު
ދިރާގު ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަނާއެކު އިތުރު ހާއްސަ އިނާމުތަކެއް
ދިރާގު ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަނާއެކު ކޮންމެ މަހަކު ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
Advertisement

ދިރާގުން ފަށާފައިވާ މި ހާއްސަ ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އައު "އަލް ޝާލީ މެރިން، މަޖެލަން 32" ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގުން ބުނީ ޕްރޮމޯޝަންގެ ހާއްސަ އިނާމުގެ އިތުރުން ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް އިނާމު ލިބޭ ހާއްސަ ބައެއް އެކުލެވިގެންވާކަމަށެވެ. އެގޮތުން އެ އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސްޕޯޓްސް ފިޝިންގް ގިއާ ސެޓް، ސުންޓޯ ޑީ5 ވޮޗް އަދި ޑީ.ޖީ.އައި މިނީ އެސްއީ ފްލައި މޯ ކޮމްބޯ ފަދަ ހިތްގައިމު އިނާމުތައް ހިމެނޭ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

"ދިރާގު ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ. އެގޮތުން މިހާރު އެންރޯލްވި ކަސްޓަމަރުންގެ މެދުގައި ދެ ގުރުވަތު ނަގާ، ގޯ ޕްރޯ ހީރޯ 12 އަދި ސްޕޯޓްސް ފިޝިންގް ގިއާ ސެޓް ލިބޭ ނަސީބުވެރި ކަސްޓަމަރުން ހޮވާފައެވެ" ދިރާގުން ބުނެއެވެ.

އޭގެއިތުރުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ. ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައިވާއިރު ހާއްސަ ޕޯޓަލް https://winaboat.dhiraagu.com.mv/  މެދުވެރިކޮށް 15 ޑިސެންބަރު 2024ގެ 23:59 ކުރިން މި ޕްރޮމޯޝަންގައި ހުރިހާ ކަސްޓަމަރުންނަށްވެސް އެންރޯލްވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/4d1WWvY އަށް ޒިޔާރާތްލޮށްލުމަށް ދިރާގުން އެދެ އެވެ.

ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ.

އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުންފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެ ފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް ފަރުމާކޮށް، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް