ads
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު-- ފޮޓޯ: ފުލުހުން
ކޮވިޑް-19 އާ ގުޅިގެން ރޭވިގެން ހިންގޭ ކުށްތައް އިތުރުވެއްޖެ: ޕޮލިސް
ކޮވިޑް-19 ގެ ކަންކަން ޖެހުނު ފަހުން ރޭވިގެން ހިންގާ ނުވަތަ އޯގަނައިޒްޑް ކްރައިމް އިތުރުވެއްޖެކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮމިޝަނަރު ވިދާޅުވީ ވޭތުވެދިޔަ ތިން ހަފްތާ ތެރޭގައި ވައްކަން، ފޭރުން ފަދަ ކުދި ކުށްތައް ދަށްވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ދުވަސްތަކުގައި ރޭވިގެން ހިންގާ ކުށްތައް މައްޗަށް ގޮސްފައިވާ ކަމަށެވެ. 

ކޮމިޝަނަރު މިހެން ވިދާޅުވީ ރޭގައި އދ. މަހިބަދޫގައި ބަނދަރުގައި އޮތް ލޯންޗުތަކެއްގައި ރޯކޮށްލުމާއި ގުޅިގެން ކުރެވުނު ސުވާލުތަކާއި ގުޅިގެންނެވެ. މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކުން މީ ޓެރަރިޒަމްގެ އަމަލެއްކަން ބުނެވެން ނެތް ނަމަވެސް މީގަސްދުގައި ރޯކޮށްލުމެއް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން ދާދި ފަހުންވެސް މާލޭގައި ބޮޑު ވައްކަމެއް ހިންގާފައިވާކަން ފާހަގަކުރެއްވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ސީދާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމެއް ނުވަތަ އެކަހަލަ ބިރުވެރިކަމެއް އޮތްކަން މިހާތަނަށް ފާހަގަވެފައި ނުވި ނަމަވެސް ވޭތުވެ ދިޔަ ހަފްތާތަކުގައި ހިންގި ކަންކަމުން ފާހަގަވެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް އެޅުނު ފިޔަވަޅުތަަކާއި ގުޅިގެން ބަދަލު ހިފުމުގެ ވިސްނުމެއް އުޅޭ ކަމަށެވެ. 

މިގޮތުން ރ. މަޑުއްވަރީގައި ހިންގުނު އޮޕަރޭޝަން އިން ހައްޔަރު ކުރެވުނު މީހުންނާއި ފެބުރުއަރީ މަހު ހުޅުމާލޭގައި ދެވުނު ހަމަލާ ހިމެނޭކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް