ads
ފޮޓޯ: އަވަސް
މުޖުތަމައުގައި ބިރުވެރިކަން އުފައްދަން މަސައްކަޔް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް: މިނިސްޓަރު އިމްރާން
މުޖުތަމައުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލާ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތު ކަމަށެވެ. އަދި މިއީ ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ މުޖުތަމައުގައި ބިރުވެރިކަން އުފައްދަންވީ ވަގުތު ނޫންކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

މިއީ ނުބައިކަން ބޮޑު ކަމެއްކަން ފާހަގަކޮށް މިނިސްޓަރު ވަނީ މިފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ވާއިރު، ރޭ ފަތިހު އދ. މަހިބަދޫ ފަޅުގައި އޮތް ފަސް ލޯންޗެއްގައި ބަޔަކު ވަނީ ގަސްތުގައި ރޯކޮށްލާފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ލޯންޗަކާއި އެ އަތޮޅު ކައުންސިލްގެ ލޯންޗަކާއި ސީ އެމްބިއުލައިންސެެއް ހިމެނެ އެވެ. 

މި ފަސް ލޯންޗުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް