ads
ފޮޓޯ:ފޮރިން މިނިސްޓްރީ
މެލޭޝިއާ އަށް ފޮނުވި ކެއާ ޕެކޭޖްތަކުގެ ތެރެއިން ގިނަ ޕެކޭޖްތަށް މިހާރު ހަވާލުކޮށްފި
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވި ކެއާ ޕެކޭޖްތަކުގެ ތެރެއިން ގިނަ ޕެކޭޖްތައް މިހާރު ވަނީ ހަވާލުކޮށް ނިމިފައެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރުއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި 452 ކެއަރޕެކޭޖްތަކުގެ ތެރެއިން 250 ޕެކޭޖް މިހާރު އާއިލާތަކާ ހަވާލުކޮށްފައި ވާނެކަމަށާއި ބާކީ ހުރި 202 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް ހައިކޮމިޝަނުން މިހާރު ދަނީ ކުރަމުން ކަމަށް މިނިސްޓްރީ އިން ބުނެއެވެ. 

މެލޭޝިއާގައި އިއުލާންކޮށްފައިވާ އެންހޭންސްޑް މޫވްމަންޓް ކޮންޓްރޯލް އޯޑަރގެ ދަށުން ތަކެތި ޑެލިވަރކުރެވެނީ ހެނދުނު 8:00 އާ ރޭގަނޑު 8:00 ދެމެދު އެކަނި ކަމަށާއި ހައިވޭތަކާ މަގުތަކުގައި ޗެކް ޕޮއިންޓްތައް ގާއިމްކޮށްފައި ވުމުން ބައެއް ޗެކްޕޮއިންޓްތަކުގައި ބައި ގަޑިއިރާ ދެގަޑިއިރާ ދެމެދުގެ ވަގުތެއް މަޑުކުރަން ޖެހޭކަމަށް މިނިސްޓްރީ އިން މައުލޫމާތުދެއެވެ. ވެހިކަލް މިގޮތަށް ބައެއްފަހަރު ދޭއް ނުވަތަ ތިން ޗެކްޕޮއިންޓްގައި މަޑުކުރަން ޖެހޭ ކަމަށް މިނިސްޓްރީ އިން ފާހަގަ ކުރިއެވެ. 

މެލޭޝިއާގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ކެއާ ޕެކޭޖްތައް ހަވާލުކުރުމަށް ބައެއް ފަރާތްތަކަށް ގުޅާއިރު ފޯނު ނުނެގުމުން ނުވަތަ ނިއްވާލާފައި އޮތުމުން އެތަކެތި ހަވާލުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ. 

މީގެ އިތުރުން އިންޑިއާ އަދި ލަންކާ އަށް ފޮނުވި ކެއާ ޕެކޭޖުތަކުގެ ތެރެއިން ގިނަ ޕެކޭޖުތައް ވެސް މިހާރު ވަނީ އާއިލާތަކަށް ހަވާލުކޮށްފައި ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އެގޮތުން، ލަންކާއަށް ފޮނުވި 622 ޕެކޭޖްގެ ތެރެއިން 560 އަށްވުރެ ގިނަ ޕެކޭޖް އާއިލާތަކަށް ރައްދުކޮށްދީފައި ވާއިރު، އިންޑިއާގެ ޓްރިވެންޑްރަމް އަށް ފޮނުވި 79 ޕެޖޭކްގެ ތެރެއިން މިއަދާއި ހަމައަށް ޑެލިވާ ނުކުރެވި ހުރީ 2 ޕެކޭޖު ކަމަށް ފޮނިސްޓްރީ އިން ބުނެ އެވެ. އަދި ކޮޗިންއަށް ފޮނުވި 65 ޕެކޭޖް ވެސް ޓްރިވެންޑްރަމްއިން ކޮޗިންއަށް ގެންދިޔުމަށް ބޭނުންވާ ހުއްދަތައް ހޯދައިގެން، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްއިން ވަނީ މިހާރު އެތަކެތި ކޮޗިންއަށް ގެންގޮސްފައި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.  

ދަތިތަކާއެކުވެސް ސަރުކާރުން ދަނީ ލަންކާއަށާ އިންޑިއާ އަދި މެލޭޝިއާއަށް ފޮނުވި ކެއާ ޕެކޭޖްތައް ވީއެންމެ އަވަހަށް އާއިލާތަކަށް ރައްދުކުރުމަށް މަސައްކަތްކުރަމުން ކަމަށާއި މި ހިދުމަތަކީ ސަރުކާރުން ހިލޭ ފޯރުކޮށްދޭ ހިދުމަތެއް ކަމަށް މިނިސްޓްރީ އިން ފާހަގަކުރެއްވި އެވެ.  

ރާއްޖެއަކީ ކޮވިޑް-19 އާ ގުޅިގެން މިގޮތަށް ބޭރުގައި ތިބި ރައްޔިތުންނަށް ކެއާ ޕެކޭޖް ފޮނުވާ ފުރަތަމަ ގައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް