ads
މޯލްޑިވް ގޭހުގެ ސިލިންޑަރުތަކާއި ވެހިކަލެއް ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: މޯލްޑިވް ގޭސް
މިއަދުވެސް މޯލްޑިވް ގޭހުން ޑެލިވަރީ ކޮށްދޭނެ
މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ މާލެ އެއްކޮށް ލޮކްޑައުނަކަށް ދިއުމާއި ގުޅިގެން މޯލްޑިވް ގޭހުން މިއަދު ވެސް އިމަޖަންސީ ގޭސް ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭހުން ބުނީ މިއަދު ހެނދުނު 09:00 އަކުން ރޭގަނޑު 08:30 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް އެ ކުންފުނިން ކޮށްދޭނެ ކަމަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ގޭސްފުޅި ޑެލިވާކޮށްދޭނީ ގޭގެ ދޮރާ ހަމައަށް ކަމަށް އެ ކުންފުނިން ބުންޏެވެ. 

މޯލްޑިވް ގޭހުން ބުދަ ދުވަހު ވަނީ ގޭސް ސިލިންޑަރު އަމިއްލައަށް ގޭގައި ގުޅާލެވޭނެ ގޮތުގެ ވީޑިއޯއެއް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ޕޯސްޓު ކޮށްފަ އެވެ.

މޯލްޑިވް ގޭހުން ގޭސް ޑެލިވަރީގެ ހިދުމަތް ދިންނަމަވެސް އެކުންފުނީގެ ކޯލް ސެންޓަރު ބަންދުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން ގޭހަށް އޯޑަރު ދިނުމަށް ބޭނުންވަނަމަ އެ ކުންފުނީގެ ވެބްސައިޓު ނުވަތަ އެސްއެމްއެސް އޯޑާގެ ހިދުމަތް ބޭނުން ކުރުމަށް ވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޯލްޑިވް ގޭހުގެ ކަސްޓަމަރުން، ކޯޑާއި، އައިޑީ ކާޑު ނަމްބަރު އަދި އައިޓަމް ކޯޑު ޖެހުމަށްފަހު 7201616 އަށް ފޮނުވައިގެން ގޭހަށް އޯޑަރުކުރެވޭނެ އެވެ.

މިހާރު މުޅި މާލޭ ސިޓީ ލޮކްޑައުންކޮށްފައިވާއިރު މި ދަނޑިވަޅުގައި ޒަރޫރީ ހިދުމަތެއް ބޭނުންވެއްޖެނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް