ads
ގާޒީ ހަސަން ނަޖީބު---
ދޮގު މައުލޫމާތު ދީފައިވާތީ ގާޒީ ހަސަން ނަޖީބާއި ދެކޮޅަށް ފިޔަވަޅު އަޅައިފި
ދޮގު މައުލޫމާތު ދީފައިވާތީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ދެކޮޅަށް ފިޔަވަޅު އަޅާ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވުމަށް ނިންމައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ގާޒީ ހަސަން ނަޖީބު ޖޭއެސްސީއަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާކަމަށެވެ. 

އަދި ގާޒީ ހަސަން ނަޖީބުގެ މި އަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކަކަށް ވުމުން ގާޒީ ހަސަން ނަޖީބު ތިން މަސްދުވަހަށް މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން މަނާކުރުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އަދި ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގައި ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވުމަށް ނިންމާފައިވާކަމަށް ވެސް ޖޭއެސްސީން މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް