ads
މާލިއްޔަތު ކޮމެޓީ
ރިސޯޓްތަކަށް ލުއިލިބޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލް ކޮމިޓީން ފާސްކޮށްފި
ޑޮލަރު މާރުކުރުމުގައި ރިސޯޓްތަކަށް ލުއި ލިބޭގޮތަށް ބައެއް ބަދަލުތައް ހިމަނާ ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
Advertisement

އެ ބިލް ފާސްކުރީ ކޮމިޓީން ފާސްކުރީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަ މެންބަރުންގެ ތާއީދާ އެކުއެވެ. 

މިބިލުގެ މަސައްކަތް މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށް ދިޔައިރު މަޓީގެ ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދައިފައެވެ. އެ ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކޮމެޓީން ބިލު ފާސްކުރިއިރު ބައެެއް ބަދަލުތައް ގެނެސްފައިވެއެވެ. އޭގެތެރޭގައި ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. މީގެއިތުރުން ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއެްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ބޭނުން ނުވާނަމަ ނަމަ ރިސޯޓުގެ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރެވޭނެ ގޮތަށް ވަނީ ހަދާފައެވެ. އަދި ރިސޯޓުތަކަށް މާލީ ދަތިކަން ހުރި ނަމަ އެ އަދަދު 20 އިންސައްތަ އަށް ވުރެ ދަށްކޮށް ދިނުމަށް އެދުމުގެ އިހުތިޔާރު ދިނުމަށް ކޮމެޓީން ވަނީ ބަދަލުކޮށްފައެވެ. އެހެންނަމަވެސް މި ލުއި ދެވޭނީ ރިސޯޓަށް ކުރިމަތިވި މާލީ ދަތިކަން އެ ރިސޯޓަކުންް އެމްއެމްއޭއަށް ސާބިތުކޮށްދިނުމުންކަމަށްވެސް ކޮމެޓީން ވަނީ ބިލުގައި ހިމަނާފައެވެ. 

އެމްއެމްއޭއިން މިހާރު އަމަލުކުރަމުން އަންނަ އުސޫލާއި ތަފާތުކޮށް ސަރުކާރުން މި ބިލުގައި ހިމަނާފައިވަނީ ރިސޯޓުތަކާއި ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް އޮތް އޮތުން އިހުތިޔާރީ ކަމަކަށް ހެދުމަށެވެ.

އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ނޫން ނަމަވެސް އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުވާނެކަމަށްވެސް މި ބިލުގައިވެެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް