ads
ފޮޓޯ:މޯލްޑިވް ގޭސް
މޯލްޑިވް ގޭހުގެ ކޯލް ސެންޓަރުގެ ހިދުމަތް މިހާރު ލިބޭނެ
މޯލްޑިވް ގޭހުގެ ކޯލް ސެންޓަރުގެ ހިދުމަތް މިހާރު ލިބޭނެކަމަށް އެކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭހުން ބުނީ ރޭގަނޑު 8:00 ވަންދެން އެކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތް ލިބިގެން ދާނެ ކަމަށެވެ. އެކުންފުނީގެ ކޯލް ސެންޓަރުގެ ނަންބަރު، 1616 އަށް ގުޅާ ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ އެވެ. 

މޯލްޑިވެ ގޭސް ގެ ހިދުމަތް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރިއްޔާ އިން ވެސް މިހާރު ލިބިގެންދާނެ އެވެ. 

މިއަދު ހެނދުނު 09:00 އަކުން ރޭގަނޑު 08:30 އާ ހަމައަށް ގޭސް ޑެލިވަރީގެ ހިދުމަތް އެ ކުންފުނިން ކޮށްދޭނެ އެވެ. މިދަނޑިވަޅުގައި އަޅާ ރައްކާތެރި ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެކުންފުނުން ގޭސް ސިލިންޑަރުތައް ފޯރުކޮށްދޭނީ ގޭ ދޮރުމައްޗަށް ކަމަށް މޯލްޑިވް ގޭހުން ފާހަގަކުރެ އެވެ. 

މޯލްޑިވް ގޭހުން ވަނީ ބުދަ ދުވަހު، ގޭސް ސިލިންޑަރު އަމިއްލައަށް ގޭގައި ގުޅާލެވޭނެ ގޮތުގެ ވީޑިއޯއެއް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ޕޯސްޓު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް