ads
މޯލްޑިވް ގޭހުގެ ސިލިންޑަރުތަކާއި ވެހިކަލެއް ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: މޯލްޑިވް ގޭސް
ގޭސް ހުސްކުރި ފުޅި ބޭރުން ނެގޭނެ ގޮތް ހެދުމަށް އެދެފި
ލޮކްޑައުންގެ ހާލަތުގައި މޯލްޑިވް ގޭހުން ގޭސްފުޅި ޑެލިވާ ކުރާނީ ގެއާ ހަމައަށް ކަމަށާއި ހުސްފުޅި އެޕާޓްމަންޓުގެ ބޭރުން ނެގޭ ގޮތަށް ހަމަޖައްސައިދިނުމަށް އެ ކުންފުނިން އެދެފި އެވެ.

މާލެ ސަރަހައްދު ދެވަނަ ދުވަހަކަށް ލޮކްޑައުން ކޮށްފައި ވާއިރު، މޯލްޑިވް ގޭހުން އަންނަނީ މެދުނުކެނޑި އެ ކުންފުނީގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. 

އެގޮތުން މިއަދު ހެނދުނު 09:00 އިން ރޭގަނޑު 08:30 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. 

ނަމަވެސް ކުރިއާ ހިލާފަށް، ގޭސްފުޅި ޑެލިވާ ކުރުމަށް ހަމަޖެހިފައި ވަނީ ގެއާ ހަމައަށެވެ. އަދި ހުސްފުޅި އެޕާޓްމަންޓުގެ ބޭރުން ނެގޭ ގޮތް ހެދުމަށް އެ ކުންފުނިން އެދިފައި ވެއެވެ. 

"މިކަން މިގޮތަށް ކުރުމަށް ނިންމާފައި ވަނީ ދެ ފަރާތުގެ ވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ،" މޯލްޑިވް ގޭހުން ބުނެފައި ވެއެވެ. 

އެ ކުންފުނިން ވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފަ އެވެ. އޭގެ އިތުރުން މޯލްޑިވް ގޭހުން ވަނީ އަމިއްލައަށް ގޭސްފުޅި ބަދަލުކުރާނެ ގޮތް ކިޔައިދޭ ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް