އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އުމްރާއަށް ދާ މީހުން ފުރާ ހަދާތީ، އެއާޕޯޓުގެ މަގުތަކާއި ޓާމިނަލްގައި ޓްރެފިކް ބާރު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން ފުރުމުގެ ތިން ގަޑިއިރު ކުރިން ފަސިންޖަރުން އެއާޕޯޓަށް އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ފުރުމުގެ ތިން ގަޑިއިރުކުރިން އައިސް އެއާޕޯޓު މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފަ އެވެ.
މި ދުވަސްވަރަކީ ސްކޫލްތައް ވެސް ބަންދު ދުވަސްވަރެއްކަމުން އަތޮޅު ތެރެއިން އެކި ކަންކަމުގައި ވައިގެ މަގުން މާލެ އަންްނަ މީހުންގެ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެ އެވެ.
އަދި ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ އެކު ރާއްޖެއިން ބޭރުން އަންނަ މީހުންގެ އަދަދު ވެސް އަހަރުގެ އެހެން މަސްތަކާއި އަޅާ ބަލާއިރު މި ދުވަސްވަރު އިތުރެވެ.