ads
ޗެމްޕިއަންސް ލީގުގެ ފައިނަލް
ޗެމްޕިއަންސް ލީގު ފައިނަލް އޮގަސްޓް ފަހުކޮޅު
ކޮރޯނާއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެދު ކަނޑާލާފައިވާ ޔުއެއާ ޗެމްޕިއަންސް ލީގުގެ ފައިނަލް އަންނަ އޯގަސްޓް މަހުގެ އޮނަތިރީސްވަނަ ދުވަހު ކުޅެން ނިންމުމަށް މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މާރިޗު މަހުގެ ތެރޭގައި މެދު ކަނޑާލާފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު، އޮގަސްޓް މަހުގެ އޮނަތިރީސްވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ޔުއެފާއިން އަދި ވަކި ގޮތެއް ފައިނަލެއް ނުކުރެވެއެވެ. 

ކޮރޯނާއާއި ގުޅިގެން މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައިޗާ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮގަސްޓް މަހުގެ އޮނަތިރީށްވަނަ ދުވަހު ކުޅެން ނިންމުމާއި މެދު ޔުއެފާއިން ގޮތެއް ނިންމާނީ އަންނަ ބުރާސްފަތި ދުވަހު އޮންނަ ވީޑިއޯ ކޮންފަރެންސް ބައްދަލުމެއްގައެވެ. މި ބައްދަލުވުގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ހުއްޓާލާފައިވާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ މެޗުތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުންވެސް ހިމެނެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ނިންމާފައިވަނީ ތުރުކީގެ އިސްތަންބޫލުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް