ads
އިންޑިއާގެ މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ރޮއިޓާޒް
ސިޓިޒެންޝިޕް ގާނޫނު މުސްލިމުންނާ ދެކޮޅެއް ނޫން: މޯދީ
އިންޑިއާގެ ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް، އެ ގާނޫނަކީ މުސްލިމުންނާ ދެކޮޅު ގާނޫނެއް ނޫން ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް، އެ ގާނޫނަކީ މުސްލިމުންނާ ދެކޮޅު ގާނޫނެއް ނޫން ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ މަހު ވެރިރަށް ނިއު ދިއްލީގައި އޮންނަ ޕާލިމެންޓް އިންތިހާބަކަށް ވެރިކަން ކުރާ ބަރާތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ކެމްޕޭން ފެށުމުގެ ގޮތުން މިއަދު އޮތް އެއްވުމެއްގައި މޯދީ ވަނީ އެ ގާނޫނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މުޒާހަރާތަކުގައި މިހާތަނަށް 23 މީހުން މަރުވެފައި ވާއިރު، މޯދީ ވިދާޅުވީ އިންޑިއާގެ 1.3 ބިލިއަން ރައްޔިތުންނަށް އޭގެ އަސަރު ނުކުރާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިންޑިއާގެ މުސްލިމް ރައްޔިތުންނަށް އޭގެ އަސަރު ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ ކަންކަން ތަންފީޒު ކުރުމުގައި އިންޑިއާ ސަރުކާރުން ވަކި ދީނަކަށް ނުބަލާ ކަމަށާއި، އެ ގާނޫނާ މެދު ނުތަނަވަސްކަން އުފެދިފައި ވަނީ ސިޔާސީ ޕާޓީތަކުން ދޮގު ހަދައި، އާއްމުންނަށް އޮޅުވާލަމުން ދާތީ ކަމަށެވެ. އަދި އޭގެ ފަހަތުގައި ވަނީ މައި އިދިކޮޅު ކޮންގްރެސް ޕާޓީ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ސީއޭއޭއަކީ އިންޑިއާގައި ގާނޫނާ ހިލާފަށް އުޅެމުންދާ ހިންދޫއިންނާއި، ކްރިސްޓިއަނުން އަދި އެހެން ބައެއް ދީންތަކަށް ނިސްބަތްވާ މީހުން، އެ މީހުންގެ ގައުމުތަކުގައި އެމީހުންނަށް ބިރު އޮތް ކަމަށް ސާބިތު ކުރެވޭ ނަމަ އިންޑިއާގެ ރައްޔިތުކަން ލިބޭ ގޮތަށް އޮތް ގާނޫނެކެވެ.

އެގޮތުން އަވައްޓެރި ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްގާނިސްތާނުން އިންޑިއާއަށް ހިޖުރަކޮށްފައިވާ އެފަދަ މީހުންނަށް އިންޑިއާގެ ރައްޔިތުކަން ހޯދުމަށް މަގުފަހިވެ އެވެ. އެކަމަކު އެ ގާނޫނު ހަދާފައި ވަނީ މުސްލިމުން ނުހިމެނޭ ގޮތަށެވެ. އެއީ މުސްލިމުންނާ ދެކޮޅު، އިންޑިއާގެ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރު، މޯދީގެ ސަރުކާރުން އެ ގާނޫނު ދިފާއުކޮށް ބުނެފައި ވަނީ އެއީ އިންސާނިއްޔަތަށްޓަކައި މުހިއްމު ފިޔަވަޅެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް