ads
މޯލްޑިވް ގޭސް
މޯލްޑިވް ގޭހަށް 4 ގޮތަކަށް އޯޑަރު ކުރެވޭނެ
މިދަނޑިވަޅުގައި ކަސްޓަމަރުންނަށް ފަސޭހައިން ގޭސް ފޯރުކޮށް ދިނުމަށް މޯލްޑިވް ގޭސް އިން ވަނީ އެކުންފުނީގެ ގޭހަށް އޯޑަރު ކުރުމަށް ހަތަރު ޕްލެޓްފޯމެއް ގާއިމް ކޮށްފައެވެ.

ގޭހަށް އޯޑަރު ކުރާވަރު އިތުރުވުމާއި އެއްފަހާ ބައިވަރު އޯޑަރުތަކެއް ނަގަން ޖެހުމުން އޯޑަރުކުރުމަށް ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަން ފާހަގަކޮށް މޯލްޑިވް ގޭސް އިން ބުނެފައި ވަނީ މިހާރު ތައާރަފް ކޮށްފައިވާ ހަތަރު ޕްލެޓްފޯމުން ގޭސް ސިލިންޑަރުތަކަށް އޯޑަރު ކުރެވޭނެ ކަމަށެވެ. 

އެގޮތުން އެ ކުންފުނީގެ ކޯލް ސެންޓަރުގެ ނަންބަރު، 1616 އަށް ގުޅައިގެން ގޭސް ފުޅިއަށް އޯޑަރު ދިނުމުގެ އިތުރުން، އޮންލައިންކޮށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ގޭސް އޯޑަރު ކުރެވޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް، 7935614 އަށް މެސެޖުން ވެސް ގޭހަށް އޯޑަރު ކުރެވޭނެ އެވެ. 

އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފއި ވާއިރު، "ހެލްޕް" ޖެއްސެވުމަށް ފަހު 7201616 އަށް މެސެޖު ކުރެއްވުމުން އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ކުރާނެ ގޮތް އެނގިގެން ދާނެއެވެ.  

ކުރިއާ ހިލާފަށް، ގޭސްފުޅި ޑެލިވާ ކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ގެއާ ހަމައަށެވެ. އަދި ހުސްފުޅި ގޭގެ ބޭރުން ނެގޭނެ ގޮތް ހެދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް