ads
ޗައިނާއަށް ފަހު އޭޝިއާގައި އެންމެ ގިނަަ ކޮވިޑް-19 މަރުތައް އިންޑޮނޭޝިއާއިން
ކޮވިޑް-19 ގެ ސަބަބުން ޗައިނާގެ ބޭރުން އެންމެ ގިނަ މީހުން އޭޝިއާގައި މަރުވެފައި ވަނީ އިންޑޮނޭޝިއާ އިންނެވެ.

އިންޑޮނޭޝިއާއިން މިއަދު ވަނީ 409 ކޮވިޑް-19 ގެ ކޭސް ރިޕޯޓުކޮށްފަ އެވެ. މި އަދަދާއެކު އިންޑޮނޭޝިއާގައި ވައިރަހައް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 5،923 އަށް އަރާ، އިރުދެކުނު އޭޝިއާގައި އެންމެ ގިނަ މީހުން މި ވައިރަހައް ޕޮޒިޓިވްވި ގައުމަކަށް މިހާރު ވަނީ ވެފަ އެވެ. އަދި 520 މީހުން ވައިރަހުގެ ސަބަބުން މަރުވެފައި ވާއިރު، މިއީ އެޝިއާގައި ޗައިނާގެ ބޭރުން އެންމެ ގިނަ މީހުން މަރުވި އަދަދެވެ.

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލް އަކްމަދު ޔުރިއަންޓޯ ބުނި ގޮތުގައި، އެ ގައުމުގައި ޓެސްޓު ކުރެވޭ މިންވަރު މިހާރު ވާނީ އިތުރުކޮށްފަ އެވެ. އަދި 42،000 ޓެސްޓާއި އެކު މީހުން ޓެސްޓު ކުރެވޭ އަދަދު ދެ ހަފްތާގެ ތެރޭގައި ތިން ގުނައަށް އިތުރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔުރިއަންޓޯ އިތުރަށް ބުނި ގޮތުގައި، އިތުރު 24 މީހުންގެ މަރުގެ ރިޕޯޓާއި އެކު މުޅިއަކު އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 520 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް