އާދީއްތަ، ހޯމައިގައި ބޭންކު ހިދުމަތްތައް ލިބޭނެ
ފާތިމަތު ސާޔާ އަހުމަދު
18 އޭޕްރީލް 2020 - 19:06:13
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާތީ މެދުކެނޑިފައިވާ ބޭންކުގެ ހިދުމަތްތައް މާދަމާ އާއި ހޯމަ ދުވަހު ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އާދީއްތަ އަދި ހޯމަ ދުވަހު ބޭންކުތައް ހުޅުވައިގެން އެންމެ ޒަރޫރީ ހިދުމަތްތައް ދެވޭނެ ކަމަށެވެ.
އެ ދެ ދުވަހު ބޭންކުތަކާއި އެމްއެމްއޭގެ ހިދުމަތް ލިބޭނީ ހެނދުނު 09:30 އިން މެނދުރު 12:30 އަށެވެ.
ބޭންކުތަކުން އެ ދެ ދުވަހު ލިބޭނެ ހިދުމަތްތަކުގެ ތެރޭގައި ޓީޓީ ރިކުއެސްޓްތަކާއި ޕޭ ރޯލް ރިކުއެސްޓްތަކާއި އާރްޓީޖީއެސް ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން މަނީ ޓްރާންސްފާގެ ހިދުމަތް ހިމެނެ އެވެ.
އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތަކަށް ބޭންކުތަކަށް ނުދިޔުމަށް ވަނީ އެދިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް