ads
އައިޖީއެމްއެޗް---
ބަލި މީހުން ވެންޓިލޭޓަރުން ނަގާ ވާހަކަ އައިޖީއެމްއެޗުން ދޮގުކޮށްފި
ކޯވިޑް-19 އާ ގުޅިގެން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ އައިސީޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލަމުންދާ ވާހަކަ އެހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ ކޯވިޑް-19 އާއި ގުޅިގެން، އެ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލައި، ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދެމުން ދާކަމަށް ދެކެވެމުން ދަނީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

ނަމަވެސް ދިގު މުއްދަތަކަށް ވެންޓިލޭޓާގެ އެހީ ބޭނުންވާ ޕޭޝަންޓުންގެ ޓްރެކިއޯސްޓޮމީ ހެދުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުން ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް