ads
މާފުށި ޖަލު -- ފޮޓޯ:މިހާރު
މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާ ދެ މީހަކަށް އަނިޔާވެއްޖެ
މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަން ސާވިސްއިން ކުރި ޓްވިޓްގައި ބުނީ މަފުށީ ޖަލު ޔުނިޓު ނުވައެއްގައި ތިބި ގައިދީންނަށް މިރޭ ކާންދިނުމަށް ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި ކަމަށެވެ. ޖަލުގައި ހިނގި އެ ހާދިސާގައި ދެ ގައިދީއަކާއި އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް ބުނެ އެވެ. 

ނަމަވެސް މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާކަމަށް ކަރެކްޝަން ސާވިސުން ބުނެ އެވެ. 

މާފުށީ ޖަލުގެ ޔުނިޓެއްގައި ތިބި ގައިދީން ނިކުމެފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ޖަލުތަކުގައި މަސައްކަތްކުރާ 105 ގައިދީއަކަށް ވެސް ރައީސް ވަނީ މައާފު ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް