ads
އާލިއާ---
އާލިއާ އަށް އައިސްފައިވާ ބަދަލުތައް ކަމުދޭތަ؟
ބޮލީވުޑުގެ އެކްޓަރެސް އާލިއާ ބަޓް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އާލިއާ ފުރަތަމަ ކެމެރާ ކުރިމައްޗަށް އަރާފައިވަނީ 1999ގައި ނެރުނު ސަންގްހަރްޝް އިންނެވެ.

އާލިއާ ބޮލީވުޑަށް ތައާރަފްވެފައިވަނީ 2012 ވަނަ އަހަރު ނެރުނު ފިލްމި "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އެފިލްމު ގިނަ ބަޔަކަށް ކަމުދިޔަ އިރު އާލިއާގެ އެކްޓިން ވެސް ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ.

ގިނަ ކާމިޔާބު ފިލްމުތަކުގައި އާލިއާ މަސައްކަތްކޮށްފައިވާއިރު އޭނާއަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ހަށިގަނޑަށާއި މޫނަށް ވެސް ބޮޑު ބަދަލެއް އައިސްފައިވެއެވެ.

އުމުރުން 25 އަހަރުގެ އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ކަލަންކް" އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ބްރަހްމާސްޓްރާ" އިންނެވެ.

އެފިލްމުތަކުގެ އިތުރުން ތަހުތު އަދި ސަދަކް 2 ގައި ވެސް އާލިއާ ފެނިގެންދާނެއެވެ. ނަމަވެސް އެފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް