ads
ޑރ. މުހައްމަދު އިޔާޒް -- ފޮޓޯ: އަވަސް
"ޓެރަރިސްޓް އަމަލުތަކަށް އެއްވެސް އިރަކު ހިތްވަރެއް ނުދެން"
އެއްވެސް ބަޔަކު ހިންގާ ޓެރަރިސްޓު އަމަލުތަކަށް ހިތްވަރުދީ އަދި އެފަދަ އަމަލެއް ކޮށްފައި ނުވާނޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.
އެއްވެސް ބަޔަކު ހިންގާ ޓެރަރިސްޓު އަމަލަކަށް ހިތްވަރުދީ އަދި އެފަދަ އަމަލެއް ކޮށްފައި ނުވާނޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ ޓްވީޓާގައި އޭނާއަށް ނިސްބަތްކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ހިންގާ ޓެރަރިސްޓް އަމަލަކަށް ހިތްވަރުދީ އަދި އޭނާ އަކީ އެފަދަ ކަންތައްތަކަށް \ތާއީދު ކުރާ މީހެއް ނޫން ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެފަދަ ކަމެއް ނުކުރާނެކަން ފާހަގަކުރައްވާ ޑރ. އިޔާޒު އިތުރަށް ވިދާޅުވީ ﷲގެ ހެޔޮ ރަހުމަތްފުޅުން އޭނާ ހަމައިން ނެއްޓޭ ހިނދުކޮޅެއް ނާންނަ ކަމަށެވެ.

"އެހެންކަމުން ރިހިބިލިޓޭޝަން ސެންޓަރަަށް ދާން ޖެހޭނީ މަނިކުފާނު ފަދަ ހިނދުކޮޅު އަންނަ ބޭފުޅުން ކަން ދަންނަވަމެވެ." ޑރ. އިޔާޒަށް ފާޑު ވިދާޅުވެ ޓްވީޓް ކުރި މީހާއަށް ރައްދުދެއްވަމުން ޑރ. އިޔާޒު ވިދާޅުވެފައިވެ އެވެ. ލާދީނީ އަމަލު ތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް ޑރ. އިޔާޒު ވަނީ ވިދާޅުވެފަ އެވެ.


މަކްތަބާ ސަލަފިއްޔާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާ އިން ވަނީ ދުނިޔޭގެ ގައުމުތަކުން ޓެރަރިސްޓެއް ކަމަށް ދެކޭ އަލްގައިދާގެ ލީޑަރަށް ޑރ. އިޔާޒް ތާއީދު ކުރެއްވި ކަމަށް ބުނެފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވެފައިވަނީ މީސްތަކުން ގިންތިކޮށް ތިމާމެންގެ ފިކުރާ ދިމާނުވާ ބަޔަކާއި ހަތަރު ކަޅި ހަމަނުކޮށް އަދި ސަލާމް ގޮވިޔަސް ބަލައި ނުގަނެ މޫނު އަނބުރާލާފައި ދާ ސަލަފީ އެމްވީގެ ބޭފުޅުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް