ads
ފޮޓޯ: ކަރެކްޝަނަލް ސާވިސް
ޖަލުގައި ހިނގި ހާދިސާ ކޮންޓްރޯލްކުރުމަށް އަމަލު ކޮށްފައިވަނީ ކުރީފަހަރުތަކާ ބަލާއިރު ޕްރޮފެޝަނަލްކޮށް: އަލީ ނަޒީރު
މާފުށީ ޖަލުގައި ރޭ ހިނަގާދިޔަ ހާދިސާ ކޮންޓްރޯލް ކުރުމަށް ޖަލު އޮފިސަރުން އަމަލު ކޮށްފައިވަނީ ކުރީ ފަހަރުތަކާ އަޅާ ބަލާއިރު ޕްރޮފެޝަނަލް ކޮށް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ރޭ ހިނގި ހަމަނުޖެހުމުގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. ކަރެކްޝަން ސާވިސްއިން ބުނެފައިވަނީ މަފުށީ ޖަލު ޔުނިޓު ނުވައެއްގައި ތިބި ގައިދީންނަށް  ކާންދިނުމަށް ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި ކަމަށެވެ. ޖަލުގައި ހިނގި އެ ހާދިސާގައި ދެ ގައިދީއަކާއި އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް ބުނެ އެވެ.  

މި މައްސަލައާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ، އެ ހާދިސާ ކޮންޓްރޯލްކުރުމުގައި އޮފިސަރުން އަމަލު ކޮށްފައިވަނީ ކުރީފަހަރުތަކާ ބަލާއިރު ޕްރޮފެޝަނަލްކޮށްކަމަށެވެ.

އަދި ވަކި ގޮތަކަށް މި ހާދިސާގެ ކަންކަން ނިންމަން އިނގޭނީ އިންސިޑެންޓް ރިޕޯޓާއި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީގެ ރިޕޯޓް ލިބުމުން ކަން ފާހަގަކޮށްފައި ވެއެވެ. 

މިމައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމަތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް