ads
ފުރުގާނު މިސްކިތް---ފޮޓޯ: ވީ ނިއުސް
މިސްކިތްތަކުން ފެން ކަނޑާލާ، އެތަންތަނަށް ނުވަދެވޭ ގޮތް ހަދަނީ
މިސްކިތްތަކުން ފެން ކަނޑާލާ، އެތަންތަނަށް ނުވަދެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ މިއަދު ލިބުނު ޓްސްޓުތަކުގެ ނަތީޖާއަށް ފަހު ބިދޭސީންގެ ކަންތަކުގައި އިތުރު ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ. 

މިއަދު މާލޭން ވަނީ 17 ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާ ދެ މީހުންނެވެ. 

އެކަމާ ގުޅިގެން ފައިރޫޝް ވިދާޅުވީ ބިދޭސީންނާ ކޮންޓެކްޓްވާ މިންވަރު މަދު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. 

"މަގުަމަތީގައި އުޅޭ ބިދޭސީން އެބަ ތިބި އެމީހުން ނަން އެކަނި އޮތަސް އެއްވެސް އައިޑެންޓިޓީއެއް ނެތް މީހުން. އަޅުގަނޑުމެންނަށް މިހާރުގެ ހާލަތަށް ބަލާއިރު މިސްކިތުން ފެން ލިބޭކަށް ނުހުންނާނެ. އެހެން ބޭނުމަށް ވަންނަ ޖެހޭ ސަބަބެއް ނޯންނާނެ. މިއަދު ގައުމުގެ ހާލަތަށް ބަލާފައި މި ނިންމުން ނިންމާނަން،" ފައިރޫޝް ވިދާޅުވި އެވެ. 

ދަތި ހާލުގައި މާލޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފެންވެރުމާއި ނިދުމުގެ ކަންކަން ބައެއް ފަހަރު މިސްކިތްތަކުގެ ކުރާކަން ފާހަގަކޮށް ފައިރޫޝް ވިދާޅުވީ އެ ނޫން ގޮތަކަށް އެ އިންތިޒާމް ހަމަޖެހެން ވާނެ ކަމަށެވެ. 

ބިދޭސީންނަށް ހާއްސަ މަރުކަޒު ހުޅުމާލޭގައި ވެސް ވަނީ ހަދާ، އެތަނަށް ބައެއް މީހުން ބަދަލުކޮށްފަ އެވެ. އަދި ގުޅީފަޅުގައި ވެސް އެފަދަ ތަނެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް