ads
ފޮޓޯ: ޕީއެސްއެމް ނިއުސް
ގުޅީފަޅު މަޝްރޫއަށް ހަރަދުވާނެ ވަރު އެނގޭނީ ކޮންސަލްޓެންސީއަށް ފަހު
ގުޅީފަޅު ޕްރޮޖެކްޓްގެ ކޮންސަލްޓެންސީގެ މަސައްކަތް ނިމުމުން އެ ޕްރޮޖެކްޓަށް ޚަރަދުވާނެ ވަރު ހާމަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިޔާދް ހަމީދު ވިދާޅުވެއްޖެ އެވެ.
ގުޅިފަޅު މަޝްރޫއަށް ހަރަދުވާނެ ވަރު ފައިނަލް ކުރެވޭނީ މިހާރު ކުރިއަށްދާ ކޮންސަލްޓެންސީގެ މަސައްކަތް ނިމުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު އިޔާދު ހަމީދު ވިދާޅުވީ ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖާ މަޝްރޫއަށް ބޭނުންވާ ފާއިސާގެ އަދަދު އެނގިގެންދާނީ ކޮންސަލްޓެންސީ މަރުހަލާ މުޅިން ނިމުމުން ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ މަސައްކަތްތަކުގެ ދަށުން މިހާރު ކުރިއަށްދަނީ މާސްޓާ ޕްލޭން ހެދުމާއި އިންޖިނިއަރިންގެ މަސައްކަތްތައް ކަމަށްވެސް ވިދާޅުވި އެވެ.

ގުޅީފަޅުގައި ހަދަން ނިންމާފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރު 2022 ވަނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް އެމްޕީއެލް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެގޮތުން ގުޅީފަޅު ބަނދަރު މަޝްރޫއަށް ސަރުކާރުން އެކުލަވާލާފައިވާ ސްޓިއަރިން ކޮމިޓީގެ މެންބަރެއް ކަމުގައިވާ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ގުޅިފަޅު ބަނދަރަކީ އެމްޕީއެލްގެ މަސައްކަތެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސްޓްރެޓެޖިކް މަޝްރޫއެއް ކަމަށެވެ. ނަމަވެސް ގުޅިފަޅު ބަނދަރު ހެދުމަށްފަހު ބަނދަރު ހިންގަން ސަރުކާރުން ހަވާލުކުރަން ނިންމާފައިވަނީ އެމްޕީއެލްއަށް ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ ގުޅިފަޅު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށްފަހު 2022 ވަނަ އަހަރުގެ ތެރޭގައި ބަނދަރު ހުޅުވާ، ހިދުމަތް ދެވޭނެ ކަމަށެވެ. މިމަޝްރޫއަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަވާނެ ކަމަށް ލަފާކުރެއްވޭ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މަޝްރޫއަށް ހަރަދުކުރާނެ ވަރެއް ނިންމާނީ ސަރުކާރުން ކަމަށްވެސް ވިދާޅުވި އެެވެ.

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ އެވެ. މިމަޝްރޫއު ބީލަމަށް ނުލައި ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ 53 މިލިއަން ޑޮލަރު ނުވަތަ 817 މިލިއަން ރުފިޔާ އަށެވެ. އެގޮތަށް އަމަލުކުރެއްވި ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ނެދަލޭންޑްސްގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވުން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް