ads
ފެނަކަ މައި އޮފީސް - ފޮޓޯ / ސޮސަލް މީޑިއާ
ފެނަކައިންދޭ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުންދިނުމަށް އެކުންފުނިން އެދިއްޖެ
ފެނަކައިން ދެމުންދާ އާސީ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކައުންސިލްތާއި، ޓާސްކްފޯސްތަގެ އެއްބާރުލުންދިނުމަށް އެކުންފުނިން އެދިއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)އިން ކުރެއްވި ޓްވިޓެއްގައި ބުނީ އެކުންފުންޏަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްދޭ ކުންފުންޏެއްކަމަށްވާއިރު އެ ހިދުމަތައް މި ދަނޑިވަޅުގައި މެދުނުކެނޑި ފޯރުކޮށްދިނުމަށް ކައުންސިލްތާއި ޓާސްކްފޯސްގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ.

ނަމަވެސް އެކުންފުނިން މިހާރުވެސް ފޯރުކޮށްދެމުންދާ ހިދުތަމްތައް ފޯރުކޮށްދިނުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއްކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ފެނަކައިގެ ޓްވިޓްގައި ބުނެފައިވެ އެވެ. ފެނަކައިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ދިނުމުގައި ފަސްނުޖެހި ކުރިއަށްދާނެކަމަށް އެކުންފުނިން ބުނެފައިވާއިރު  ފެނަކައިން އަންނަނީ ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް