ads
އައްޑޫ ސިޓީއާ 416 ކިލޯ މީޓަރު ދުރުން ބިންހެލުމެއް އަތުވެއްޖެ
އައްޑޫ ސިޓީއާ 416 ކިލޯ މީޓަރު ދުރުން ކާލުސްބާގު ރިޖު ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
އައްޑޫ ސިޓީއާ 416 ކިލޯ މީޓަރު ދުރުން ކާލުސްބާގު ރިޖު ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު 07:21 ގައެވެ.

އެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިންނެވެ.

މިބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް މެޓު އޮފީހުން ބުނެ އެވެ.

މިމަހު 15 ވަނަ ދުވަހުވެސް މާލެއާ 5735 ކިލޯ މީޓަރު ދުރުން ފިލިޕީންސްގެ މިންޑަނާއޯ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފަ އެވެ. އެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 53 ކިލޯ މީޓަރު އަޑިންނެވެ.

ރާއްޖެއާ ދުރުން މިގޮތަށް އަންނަ ބިންހެލުންތަކުގެ މައުލޫމާތު މެޓު އޮފީހުން އަބަދުވެސް ހިއްސާކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް