ads
ޓޮޓެންހަމްގެ ފޯވާޑް ސޮން ހެއުން މިން
ޓޮޓެންހަމްގެ ސޮން އަސްކަރީ ހިދުމަތަށް
އިގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް އަދި ދެކުނު ކޮރެއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސޮން ހެއުން މިން އެ ގައުމުގެ އަސްކަރީ ޚިދުމަތާއި ގުޅިއްޖެއެވެ. ދެކުނު ކޮރެއާގެ ގާނޫނު އޮންނަ ގޮތުން، އެ ގައުމުގެ ކޮންމެ ފިރިހެނަކުވެސް ވަކި މުއްދަތަކަށް އަސްކަރީ ޚިދުމަތުގައި އުޅެން ޖެހެއެވެ. ސޮން އަސްކަރީ ހިދުމަތާއި ގުޅިފައިވަނީ ތިން ހަފުތާ ތަމްރީނަކަށެވެ.

ހޯމަ ދުވަހު، އަސްކަރިއްޔާގެ ތަމްރީންތަކާއި ގުޅުނު ސޮން އަސްކަރީ މަރުކަޒެއްގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް މީޑިއާގައިވަނީ އާއްމު ވެފައެވެ. ގަދަ ފެހި ކުލައިގެ ސްވެޓްސޫޓަކާ ކަޅު ކުލައިގެ ޓްރެކްސޫޓެއްގައި ސޮން ފެންނަ މި ފޮޓޯގައި އޭނާ ހުންނަނީ ކަޅު ކުލައިގެ ތޮތްޕެއް އަޅައިގެން މާސްކަކުން މޫނު ނިވާކޮށްގެނެވެ. އޭރު އޭނާގެ ކައިރީގައި އަސްކަރީ ޔުނީފޯމްގައި ތިބި މީހުން ތިބި އިރު، ފަހަތުން އަސްކަރީ ބަރު ވެހިކަލެއް ފެނެއެވެ.

your imageސޮން އަސްކަރީ މަރުކަޒުގެ ތެރޭގައި އުޅެނިކޮށް އާއްމުވެފައިވާ ފޮޓޯ

ކޮރޯނާވައިރަހާ ހެދި ފުޓްބޯޅަ ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ސޮން، އަސްކަރީ ހިދުމަތަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހުން ފެށިގެން ތިން ހަފުތާގެ މުއްދަތަށް ސޮން އަސްކަރިއްޔާގެ ތަމްރީންތަކުގައި ބައިވެރިވުމަށް ފަހު ވަކި މުއްދަތަކަށް އަސްކަރިއްޔާގައި މަސައްކަތް ކުރާނެއެވެ. ދެކުނު ކޮރެއާގެ ގާނޫނު ބުނާ ގޮތުން، އުމުރުން އަށާވީސް އަހަރު ފުރުމުގެ ކުރިން ކޮންމެ ފިރިހެނަކުވެސް އަސްކަރީ ޚިދުމަތުގައި ދެ އަހަރު އުޅުން މަޖުބޫރެވެ.

ޤާނޫނުން އެގޮތަށް މަޖުބޫރުކޮށްފައިވީ ނަމަވެސް، ސޮންވެސް ހިމެނޭ ގޮތަށް، ދެހާސް އަށާރަވަނަ އަހަރުގެ އޭޝިއަން ގޭމްސްއިން ރަން މެޑަލް ހޯދި ދެކުނު ކޮރެއާގެ ފުޓްބޯޅަ ޓީމަށްވަނީ ޤާނޫނުގައިވާ ލުޔެއް ދީފައެވެ. އުމުރުން ހަތާވީސް އަހަރުގެ ސޮން އަކީ، ދެހާސް އަށާރަވަނަ އަހަރު އޮތް އޭޝިއަން ގޭމްސްގައި ރަން މެޑަލް ހޯދި ޓީމުގެ ކެޕްޓަންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް