ads
ލަންކާ---
ކޮވިޑް19: ލަންކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 300 އިން މައްޗަށް!
ސްރީ ލަންކާއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 303 އަށް އަރައިފި އެވެ.

ސްރީ ލަންކާގައި މިއަދު އެކަނި ވެސް ވަނީ 38 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެގައުމުގެ ހެލެތު ސާވިސަސްއިން ބުނާ ގޮތުގައި މިއަދު ފެނުނު ގިނަ ކޭސްތައް ފެނިފައިވަނީ ހައި ރިސްކް ޒޯންގެ ގޮތުގައި އެގައުމުން ކަނޑައަޅާފައިވަނީ ސަރަހައްދުތަކުންނެވެ. 

ލަންކާއިން މިހާތަނަށް 303 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު 96 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 7 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް