ads
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް / ފޮޓޯ: ދަ ޕްރެސް
"ސަރުކާރުން ވަނީ މަސްބާނަން ޖެހޭވަރުވެސް ލިމިޓްކޮށްފަ"
މި ސަރުކާރުން ދިވެހި މަސް ކަނޑުން ދިވެހިން މަސްބާނަން ޖެހޭ ވަރުވެސް ލިމިޓް ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ނަިއބް އަރީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ދިވެހި މަސް ކަނޑުން ދިވެހިން މަސްބާނަން ޖެހޭ ވަރުވެސް މިސަރުކާރުން ލިމިޓް ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ނައިބް އަރީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ވަނަ ދުވަހު ކޫއްޑޫގައި ގިނަ އަދަދެއްގެ މަސްވެރިންތަކެއް މުޒާހަރާ ކުރަން ނިންމުމާއި ގުޅިގެން، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދައްކާފައިވާ ކަމަށް ބުނާ އަޑުތަކެއް ފެތުރެމުންދާ މި ދަނޑިވަޅުގައި މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ "މަސްވެރިން ބާނާ މަސް ކިރާފަ މަސްކޮޅަށްވާ ފާއިސާކޮޅު މުޒާހަރާކޮށްގެން ހޯދީމައިވެސް ހަމަ އޯގާތެރިވީ"ތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

އޭގެފަހުން ޝިޔާމު ވިދާޅުވީ މި ސަރުކާރުން މިވަނީ ދިވެހި މަސްކަނޑުން ދިވެހިން މަސް ބާނަން ޖެހޭވަރުވެސް ލިމިޓް ކޮށްފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޫއްޑޫގައި 8 މަސް ދޯންޏަކުން މުޒާހަރާކުރަން ރޭވި އެވެ. އަދި އެކަމުގެ މައުލޫމާތު މިފްކޯއަށް ލިބުމުން، މިފްކޯއިން ވަނީ 18 ޑިސެމްބަރާއި ހަމައަށް ހުރި ހުރިހާ ބިލަކަށް މަސްވެރިންނަށް ފާއިސާ ދައްކާފައި ކަމަށްވެ އެވެ.

ސަރުކާރުން މަސްވެރިންނަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މަސްވެރިންގެ ޝަކުވާތަކަށް އެންމެ އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ ކަމަށް ބައެއް ކެޔޮޅުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް