ads
ދަރުމަވަންތަ ހޮސްޕިޓަލް-- ފޮޓޯ: ރާއްޖެއެމްވީ
ކޮވިޑް-19 ޖެހިފައިވާ 80 އަހަރުގެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަނީ
ކޮވިޑް-19 ޖެހިފައިވާ 80 އަހަރުގެ މީހަކު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އުމުރުން 80 އަހަރުގެ އެމީހާ އަކީ ކޭސް 81 ކަމަށެވެ. އަދި އެމީހާގެ ހާލު ކައިރިން ބެލުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއީ ދިވެއްސެއް ނުވަތަ ބިދޭސީއެއް ކަމަށް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ އަކީ ކޮވިޑ19ގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކުރެވިފައިވާ ތަނެކެވެ.

މިމީހާ އަކީ މިއަދު މާލެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މީގެ ކުރިން ވެސް އުމުރުން 60 އަހަރުގެ މީހަކު ވަނީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 82 މީހުން ޕޮޒިޓިވް ވެފައިވާއިރު މާލެއިން އެކަނިވެސް 62 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް