ads
ފަނޑިޔާރު ޖަމީލް އުސްމާން---ފޮޓޯ: ސަން އޮންލައިން
ފަނޑިޔާރަށް މަރުގެ އިންޒާރު ދިން މީހާ ގޭބަންދަށް
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ތުހުމަތަށް ބާރު ދޭނެ އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތްކަމަށް ކަނޑައަޅައި ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އޭނާ 10 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ފަނޑިޔާރު ޝުޖާއު ކ. މާފުށީގައި އުޅުއްވަނިކޮށް އޭނާއަށް އިއްޔެ މަރުގެ އިންޒާރު ދިން ކަމަށް ބުނާ އުމުރުން 50 އަހަރުގެ އަލީ މުރުތަލާ އެރަށުން ހައްޔަރުކުރީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ ބަންދުގައި ބަހައްޓަން ނުފެންނާތީ އެ މައްސަލާގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް، 10 ދުވަހުގެ ގޭ ބަންދުގެ މުއްދަތެއްވެސް ދީފައިވާ ކަން އެ އަމުރުގައިވެ އެވެ.

އެގޮތުން އެ ހާދިސާ ހިނގި ވަގުތު އެކަން ރިޕޯޓް ނުކޮށް، އެއް ދުވަސް ފަހުން ރިޕޯޓް ކުރުމާއި މަންޒަރު ދުށް މީހުންގެ ބަހެއް ހުށަހަޅާފައި ނެތުން އަމުރުގައި ފާހަގަކޮށްފައި އެވެ.

މި ހާދިސާ ހިނގި ވަގުތު އިސް ފަނޑިޔާރު ޝުޖާއު އާއި އެއްކޮށް އެއް މޭޒެއްގައި އިންނެވި ބޭފުޅާ ވިދާޅުވީ އެރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ މުރުތަލާ ކިޔާ މީހެއް ޝުޖާއު އުސްމާންއާއި ވަރަށް ހަޑިބަހުން ޒުވާބުކޮށް ހެދި ކަމަށެވެ.

އަދި އެ ޒުވާބުގައި "ގޮނޑިއެއް ނަގއިގެން ޖެހިޖެހީނުން ހުރިތަނަށް ދުއްވާލާނަމޭ" އެނާ ބުނި ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަރަށް ހަޑި ހުތުރު ބަހުން ޝުޖާއު އުސްމާނާ ވާހަކަ ދެއްކި ކަމަށްވެސް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް