ads
ޖެމީ ޑޭ ބަންގްލަދޭޝް ކުޅުންތެރިންނާއި އެކު
ބަންގްލަދޭޝް ލީގު ކެންސަލް ކުރަން ޖެހިއްޖެ ނަމަ މިނީ ލީގެއް
ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގު ކުރިއަށް ނުގެންދެވި ހުއްޓާލާން ޖެހިއްޖެ ނަމަ، މިނީ ލީގެއް ކުޅެން އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ޖެމީ ޑޭ ހުށަހަޅައިފިއެވެ. ޑޭ ގެ މި ހުށަހަޅުމަކީ، ބަންގްލަދޭޝް ޕްރިމިއާ ލީގު ނުކުޅެ ކެންސަލް ކުރަން ޖެހިއްޖެ ނަމަ ނުވަތަ، ތިން މަސް ދުވަހުން ނިންމޭ ގޮތަށް ރާވާފައިވާ ކުޑަ މުބާރާތެކެވެ.

މާރިޗު މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްގެ ލީގުވެސްވަނީ މެދު ކަނޑާލާފައެވެ. މެދު ކަނޑާލާފައިވާ ލީގު ދެން އަލުން ފެށޭނެ ތާރީޚެއް އަދި އަންދާޒާ ކުރަންވެސް ނޭނގޭއެވެ. ލީގު މެދު ކަނޑާލީ މި އަހަރުގެ ލީގު ފަށައިގެން އެންމެ މަހެއްވީ ތަނާ އެވެ. ބަންގްލަދޭޝްގެ ލީގުގެ މި ސީޒަންގެ ކުޅުން ފެށުނީ ފެބްރުއަރީ މަހުގެ ތޭރަ ވަނަ ދުވަހުއެވެ.  

ޑޭ ގެ ހުށަހެޅުމުގައިވަނީ ސެޕްޓެމްބަރު މަހު މިނީ ލީގު ފެށުމަށެވެ. އަދި ނޮވެމްބަރު މަހަށް ލީގު ނިންމާލާ ގޮތަށް ހުށަހަޅާފައިވާ މި ހުށަހެޅުމުގައިވަނީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ހޯމް އެންޑް އަވޭ އުސޫލުން އެއް މެޗު ކުޅުމަށް ފަހު ސެމީ ފައިނަލްއަކާއި ފައިނަލް ކުޅޭށެވެ. ޑޭ ބުނީ މި ހުށަހެޅުމަކީ، އަންނަ އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުށަހެޅި ހުށަހެޅުމެއް ކަމަށާއި، ބޮޑަށް ރަނގަޅީވެސް ބިދޭސީ ކުޅުންތެރިން ނުލާ ނުވަވަ ވީ ވަރަކުން މަދުކޮށްގެން މި ލީގު ކުޅުމަށެވެ.

"މި މެދު ކެނޑުމަކީ ޔަގީނުންވެސް މާލީ ގޮތުން ކްލަބުތަކަށް ބޮޑު ބުރައެއް. އަހަރެންގެ ހުށަހެޅުމަކީ ބިދޭސީ ކުޅުންތެރިން މަދުކޮށް ނޫނީ އެކަކު ދެ މީހަކު ނަމަވެސް ހިމަނައިގެން މިނީ ލީގެއް ކުޅުން. އެއީ އަން އަހަރަށް ތައްޔާރުވުމާއިވެސް އެކުގައި."

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަރަށް އަވަހަށް އެ ގައުމުގެ ލީގާއި މެދު ރަސްމީ ގޮތުން ނިންމާނެއެވެ. އިންޑިޔާ ފެޑެރޭޝަނުންވެސްވަނީ މި ހަފްތާ ތެރޭ ލީގުގެ ބާކީ މެޗުތައް ކެންސަލްކޮށް ސީޒަން މިހާ ހިސާބުން ނިންމާލާފައެވެ. ސީޒަންގެ ފަހު ބައި ނުކުޅެ ނިންމާލަން އެންމެ ފުރަތަމަ މި ސަރަހައްދުން ނިންމި ގައުމަކީ ރާއްޖެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް