ads
ފޮޓޯ: ރައީސް އޮފީސް
މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ކަހަލަ ގައުމަކަށް ކުރާ އަސަރު ބޮޑުވެދާނެ
ބަލިމަޑުކަމެއް ފެތުރިފައި ވަނިކޮށް މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ކަހަލަ ގައުމުތަކަށް ކުރާ އަސަރު ބޮޑުވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އާތުޑޭ ފާހަގަ ކުރުމުގެ ގޮތުން ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވެޅެއްގައި، ބަލިމަޑިކަމާއި އެކު، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކުރާ އަސަރުގެ މިންވަރު ރާއްޖެ ކަހަލަ ޖަޒީރާ ގައުމުތަކަށް ބޮޑުވެދާނެ ކަމަށެވެ. 

މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރާއި، ކޮވިޑް-19 ފަދަ ބަލިމަޑުތަކުން ކުރިމަތި ވެދާނެ ކަންތައްތަކާއި މެދު ވިސްނާ، ކުރިއަށް އޮތްތަނުގައި އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭނެ ކަމަށްވެސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އާތުޑޭ އަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް ވަނަ މަހުގެ 22 ވަނަ ދުވަހު މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓައް ކުރާ އަސަރުގެ ސަބަބުން ދުނިޔެއަށް އަންނާނެ ގެއްލުންތަކާއި، މިކަމުން އަރައިގަތުމުގެ ގޮތުން ކުރެވިދާނެ ކަންތައް ދެނެގަތުނުގެ ގޮތުން ފާހަގަ ކުރާދުވަހެކެވެ. މިއަހަރުގެ އާތުޑޭއަކީ މި ދުވަސް ފާހަގަ ކުރެވޭތާ 50 ވަނަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް