ads
ފޮޓޯ: މަޖިލިސް
އާމްދަނީއެއް ނުލިބޭ، ޕްރޮޖެކްޓްތައް ހުއްޓާލަންޖެހޭ: އާޒިމް
ރާއްޖެއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ ނުލިބޭކަމަށާއި، ޕްރޮޖެކްޓްތައް ހުއްޓާލަންޖެހޭ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްތަރުު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުވާފައިވާ ސިޓީ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، މިހާލަތުގައި ރާއްޖެއަށް އަދި ދައުލަތަށް ވާނެ ގޮތަކާއި މެދު ވިސްނަންޖެހޭކަމަށެވެ. 

2020 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ބޮޑުބަދަލެއް އަންނަން އުޅޭކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އަންދާޒާ ކުރުމަށްފަހު ލިބޭނެކަމަށް ބުނި އަދަދާއި ގާތަށްވެސް ދައުލަތަށް ފައިސާ ލިބެންނެތްކަމަށެވެ. އަދި ޕްރޮޖެކްޓްތައް ވެސް ހުއްޓާލަންޖެހޭކަމަށެވެ.

"ދާއިރާގެ ކައުންސިލަރުންނާއި ވާހަކަ ދައްކަން ޖެހޭނެ. ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހޭނެ. ކުއްލި އަކަށް އަޅުގަނޑުމެނަށް ދެލޯ މަރާލައިފައި ކަންކަން ނިންމޭކަށް ނޯންނާނެ."

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެން ނަމަވެސް ރާއްޖެއަށް ފަތުރުވެރިން އައުން އެއްކޮށް ހުއްޓި ހުރިޙާ ގައުމެއްގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖޭގެ އާމްދަނީގެ ބޮޑުބައެއް ނުލިބި އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭނެކަމަށް ބެލެވެއެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށާއި، އަދި ޕްރޮޖެކްޓްތައްވެސް ހުއްޓާނުލާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް