ads
މިވަގުތު ވިސްނުމަކަށް ވާންވީ ރައީސް ޔާމީން މިނިވަން ކުރުމެއް ނޫން: އަލީ އާޒިމް
އިދިކޮޅު ފަރާތްތަކުގެ ވިސްނުން މިވަގުތު ހުންނަންވީ، މަނީލޯންޑްރިންގެ ކުށް ސާބިތުގެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ނޫންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރިފް އުމަރު މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ސަރުކާރުން ހުރިހާ ފަރާތަކާއި އެކުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާއި އެކުވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.

މިއީ ފަސޭހަ ވަގުތުތަކެއް ނޫންކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މިދަނޑިވަޅުގައި ވެސް ސަރުކާރުން މަޝްވަރާއަށް އިދިކޮޅު ފަރާތްތަކަށް ގޮވާލުމުން ވެސް ދައްކާނީ ހަމަ އެންމެ ވާހަކައެއް ކަމަށެވެ. އަދި އެއީ ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކަ ކަން އަލީ އާޒިމް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތައް ޒިންމާދާރު ގޮތުގައި ތިބިނަމަކައެއް ޔާމީން ދޫކޮށްލާކަށް ނޫން މިވަގުތު ބުނާނީކީ. މިވަގުތު މި ދިމާވެގެން އުޅޭ ދަތިތަކަށް ސަރުކާރަށް އެހީތެރިވާން ވިސްނާނީ."

އަލީ އާޒިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވިސްނުމަކަށް މިވަގުތު  ވާންޖެހޭނީ ރައީސް ޔާމީން މިނިިވަން ކުރުން ނޫންކަމަށެވެ. އަދި އިހުލާސްތެރިކަމެއް ހުރި ނަމަ ވިސްނާނީ ސަރުކާރަށް އެހީވުމަށް ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް