
އަލީ ރަމީޒު އަދި ދަނގަޑޭ
ކުޑަކުދިންނަށް އަމާޒުކޮށްގެން އަލީ ރަމީޒާއި ދަގަނޑޭ ސްޕޯޓްސް އެކެޑަމީއެއް ފަށަނީ
އިމާދު އަލީ
08 އޭޕްރީލް 2025 - 22:36:00
ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގުޅިގެން 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން "މަންފާ އެކެޑަމީ" ގެ ނަމުގައި ސްޕޯޓްސް އެކެޑަމީއެއް ފަށަން ނިންމައިފި އެވެ.
މި އެކެޑަމީ ރަޖިސްޓްރީކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އަލީ ރަމީޒް ބުނެފައިވެ އެވެ.
މި އެކެޑަމީ ހިންގުމުގައި އިސްކޮށް އުޅުއްވާ މަޝްހޫރު ވޮލީ ބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އެކެޑަމީގެ ހަރަކާތްތައް ފަށާނީ އަތޮޅުތަކުންނެވެ. ފަހުން މުޅި ރާއްޖެއަށް އެކެޑަމީގެ ހަރަކާތްތައް ފުޅާކުރަން ނިންމާފައިވެ އެވެ. އަދި މި އެކެޑަމީން އިސްކަންދޭނީ ފުޓްބޯޅަ، ފުޓްސެލް އަދި ވޮލީ ބޯޅައަށެވެ.
"އަލީ ރަމީޒް ބުނެފައިވަނީ މި އެކެޑަމީއަކީ އިސްލާމް ދީނުގައި ހުއްދަކުރާ ގިއުގަނޑުގެ ތެރެއިން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދާ އެކެޑަމީއެއް،" ކަމަށެވެ.
މި އެކެޑަމީގެ ސަބަބުން ސްކޫލް ކުދިންނަށް ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ އެކަޑަމީ އުފެއްދުމުގައި ހަރަކާތްތެރިވަ މީހުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް