ads
ފޮޓޯ:ފެނަކަ ކޯޕަރޭޝަން
ގިނަ ހިސާބުތަކެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފެނަކައިން ކޮށްފި
ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ހިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްފި އެވެ.

އެ ކޯޕަރޭޝަން އިން ވަނީ ބ. އަތޮޅު ހިތާދޫގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ އަތޮޅު ދަރަވަންދޫ ފެނަކަ ބްރާންޗުން އެ ރަށަށް ގެންދިޔަ 200 ކިލޯވޮޓުގެ ޖެންސެޓް ހަރުކޮށް، ލޯޑުކޮށްދީފަ އެވެ. 

މީގެ އިތުރުން، އައްޑޫ ހިތަދޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ދެ މެގަވޮޓުގެ އިތުރު ދެ ޖެންސެޓް އިންސްޓޯލް ކޮށް ސައިލެންސަރުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ. 

އައްޑޫ ހުޅުމީދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ރަށުގައި ހަރުކުރަން ނިންމާފައިވާ 800 ކިލޯވޮޓުގެ އާ ޖެންސެޓަށް ސައިލެންސަރު ގުޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި މީގެ އިތުރުން އާ ޕެނަލް ބަހައްޓާ ކޭބަލް ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ. 

މީގެ އިތުރުން ވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫއަށް ކަރަންޓު ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް