ads
އޭން ހެތަވޭ
އޭން ހެތަވޭ ވެސް ޕިލޯ ޗެލެންޖް ގައި ބައިވެރިވެއްޖެ
މިދުވަސްކޮޅު ސޯޝަލް މީޑީއާގައި ގިނަ ބައެއްގެ މެދުގައި މަގްބޫލް ޗެލެންޖެއް ކަމަށްވާ ޕިލޯ ޗެލެންޖްގައި މަޝްހޫރު ފިލްމީ ތަރި އޭން ހެތަވޭ ވެސް ބައިވެރި ވެއްޖެ އެވެ.

ޗެލެންޖުގައި ބައިވެރިވެ އޭން ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ ރާނީ އެއް ދުވަހަކުވެސް ގަޑި ނުޖެހޭނެ ކަމަށާއި އެހެން އެންމެން މާ އަވަހަށް އައީ ކަމަށެވެ. 

ޕޯސްޓް ކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުން އޭން ހުއްޓިލައިގެން ހުރީ ބޮޑު ކޮކާ ފިޔަގަނޑެއްގެ ކުރި މަތީއެވެ. އަދި މިގޮތަށް ހުރުމުން ހީވަނީ އޭނާ ހުރީ ފިޔަގަނޑު ޖަހައިގެން ހެންނެވެ. އޭނާ ވަނީ ނޫކުލައިގެ ބޮޑު ބާލީހަކާއި ހުދު ކުލައިގެ ދެ ބާލީސް ގައިގައި އައްސަައި ހެޑް ސެޓް އެއްވެސް އަޅާފަ އެވެ. 

ބާލީހުން ހަދާފައިވާ ހެދުން އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އޭނާ ވަނީ ކަޅުކުލައިގެ ބޫޓަކާއި އަވިއައިނެއް ވެސް އަޅާފައެވެ. 

އޭނާ ގެ އިތުރުން މަޝްހޫރު ގިނަ ތަރިން ވަނީ މި ޗެލެންޖް ގައި ބައިވެރިވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް