ads
ޑރ. އަހުމަދު ފައިސަލް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަނީ
ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކަށް، ބަލިން އަރައިގަންނަން ސިއްހީ އެހީތެރިން ބާރުވެރިކުރުވަން ޖެހޭ
ކޮވިޑް-19 ގެ މިސްރާބު އަތޮޅުތަކާއި ދިމާލަށް ޖަހާފައިވާ މިދަނޑިވަޅުގައި ސިއްހީ އެހީތެރިން ބާރުވެރިކުރަންޖެހޭ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ދުވަހެއް ދުވަހަށްކަމަށް އިތުރުވެ މާލެއިން ބަޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. 

ނަމަވެސް އެ ބަލިމަޑުކަމުގެ މިސްރާބު އަތޮޅުތެރެއަށް ޖަހާފައިވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް އެ ރަށެއްގެ ސިއްހީ ހިދުމަތްތެރިން ހޭލުންތެރިކޮށް ޒިންމާދާރުކުރުވަން މިހާރު ޖެހިފައިވާ ކަމަށެވެ. 

އޭގެ އިތުރުން ފައިސަލް ކުރެއްވި އިތުރު ޓްވިޓއްގައި ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިންމު ކަމަށާއި އެހެންކަމަުން ސަރުކާރުން ދޭ އިރުޝާދުތަކަށް ތަބާވާންޖޭ ކަމަށެވެ. އަދި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ނަގަމުންދާ ފިޔަވަޅުތައް ބަލައިގަނެ އިތުބާރު ކުރަންޖެހޭކަން ވެސް ފައިސަލް ފާހަގަކުރެއްވި އެވެ. 

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 85 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 66 މީހުންނަކީ ވެރިރަށް މާލެއިން ބަލި ޖެހުނު މީހުންނެވެ. މީގެ ތެރެއިން ބަލި ޖެހިފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކު އުލިގަމަށް ދަތުރުކުރިއިރު އެމީހާ ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެމީހާއާ ކޮންޓެކްޓްވި މީހުން ހޯދިއިރު ހއ. ހދ. ގެ ބައެއް ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް