ads
"ސްޓްރީޓް ޑާންސާ 3D"ގެ ފުރަތަމަ ލަވައަށް ބޮޑު ތަރުހީބެއް
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D"ގެ ފުރަތަމަ ލަވައަށް ބޮޑު ތަރުހީބެއް ލިބިމުން އެބަދެއެވެ.
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D"ގެ ފުރަތަމަ ލަވައަށް ބޮޑު ތަރުހީބެއް ލިބިމުން އެބަދެ އެވެ.

އެލަވަކީ ކުރީގެ މަޝްހޫރު ލަވައެއް ކަމަށްވާ "މުގާބުލާ"ގެ ރިމޭކެކެވެ. އެލަވައިން ފެނިގެންދަނީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު އަދި ޕުރަބޫދެވާ އެވެ. އެ ތިން ފަންނާނުންގެ ވެސް ނެށުން ގަނޑު ވަރަށް ފުރިހަމައަށް ލަވައިން ދައްކާލާފައިވާއިރު ގިނަ ބަޔަކަށް ވަނީ އެލަވަ ކަމުގޮސްފަ އެވެ.


ފިލްމުގައި އެ ތިން ފަންނާނުންގެ އިތުރުން ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެ އެވެ. ދާދި ފަހުން ފިލްމުގެ ޓްރެއިލާ ވެސް ވަނީ ނެރެފަ އެވެ. އެޓްރެއިލާ އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފަ އެވެ.

މި ފަންނާނުންގެ އިތުރުން ފިލްމުގައި ދެވަނަ ލީޑު ރޯލަކުން ނޯރާ ފަތޭހީ ވެސް ފެނިގެންދާނެ އެވެ. އަދި ބޮލީވުޑަށް އަލަށް ތައާރަފުވާ ސަކްތީ މޯހަން ވެސް ފެނިގެންދާނެ އެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް