ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް - ޓްވިޓާ
ވަޒީފާއިން ވަކިކުރި މީހުންނަށް 5000 ރުފިޔާ ދޭން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ވަޒީފާއިން ވަކިކުރި މީހުންނަށް 5000 ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދެކޭ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދަށް ވެސް ލޮޅުން އަރަމުން މިދަނޑިވަޅުގައި ބައެއް މީހުން އަންނަނީ ވަޒީފާއިން މީހުން ވަކިކުރުމާއި ނޯޕޭ ލީވަށް މުވައްޒަފުން ފޮނުވަމުން ކަމަށެވެ. 

މިކަމުގެ ސަބަބުން އެމީހުންނަށް އެތައް ދައްޗެއް ކުރިމަތިވަމުން އަންނައިރު އެ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ވަނީ ތިން މަހުގެ އެލަވަންސެއް ދޭން ނިންމާފައިވާ ކުރިން ހާމަކޮށްފަ އެވެ. 

"ވަޒީފާ ގެއްލޭ ފަރާތްތަކާއި އަދި ނޯޕޭ ލީވަށް ދާ ފަރާތްތަކާއި އަދި މުސާރަ ވަކިވަރަކަށް ވުރެ ކުޑަވާ ފަރާތްތަކާއި ކުރިއަށް އޮތް ތިން މަހަށް ލޭ އޮފް ބެނެފިޓްސް އަންއެމްޕްލޯޔަމަންޓް ބެނެފިޓެއް ނޫން އިނގޭތޯ. އަންއެމްޕްލޯޔަމަންޓް އެއީ މާވައިޑް އެއްޗެއް، އޭގެ ތެރޭގައި ހިމެނޭނެ ކުރިންސުރެ ވެސް އަންއެމްޕްލޯޔިޑް މީހުން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19ގެ ކަންތައްތައް ފެށުނުއިރު ވަޒީފާގައި އުޅުން ފަރާތްތައް ކަމަށެވެ. އެގޮތުން އޭޕްރީލް، މެއި އަދި ޖޫން މަހުގެ ތެރޭގައި އެފަދަ ފަރާތްތަކަށް ކޮންމެ މަހަކު 5000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ އިތުރު މަސްތަކަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެކަން ނިންމާނީ ކުރިއަށް އޮތް ތިން މަހުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވެފަ އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖޮބް ސެންޓަރު މެދުވެރިކޮށް ކޮވިޑް-19 ގެ ސަބަބުން މުސާރައާއި އިނާޔަތަށް ބަދަލު އައިސްގެން ރިޕޯޓްކުރީ 1300 އެއްހާ ފަރާތްކަން ވެސް ފާހަގަކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް