ads
ކަރެކްޝަންސް އޮފިސަރެއް ލޭ ހަދިޔާ ކުރަނީ
މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުން ލޭ ހަދިޔާކޮށްފި
މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ލޭ ހަދިޔާ ކޮށްފިއެވެ.

ކަރެކްޝަންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖެ ފުރަބަންދުކުރުމާއެކު ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާތީ، މާފުށީ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުން މޯލްޑިވިއަން ބްލަޑް ސަރވިސްއަށް (އެމްބީއެސް) ލޭ ހަދިޔާކޮށްފައިވާ ކަމަށެވެ.

އެމްބީއެސް އިން މިހަފްތާގައި ވަނީ ތެލަސީމިޔާ ކުދިންނަށް ގަވައިދުން އަޅަންޖެހޭ ލޭގެ ސްޓޮކް ދަށްވެފައިވާ ކަމަށް ބުނެ ލޭ ހަދިޔާކުރުމަށް އެދިފައެވެ. އޭގެ ފަހުން ފުލުހުންވެސް ވަނީ ލޭ ހަދިޔާ ކޮށްފައެވެ.

ލޭ ހަދިޔާ ކުރާ މީހުން ލޭ ހަދިޔާކުރަން ދިޔުމަށް ފުލުހުންގެ ކިބައިން އެދުމުން ހުއްދަ ދޭނެކަމަށް ބުނެފައިވެއެވެ.

ތެލެސީމިއާ ސެންޓަރުން ކުރިން ބުނެފައިވާ ގޮތުގައި އެންމެ ބޮޑަށް ބޭނުންވަނީ އޯ ޕޮޒިޓިވް އަދި ބީ ޕޮޒިޓިވް ލެޔެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް