ads
"ސްޓްރީޓް ޑާންސާ 3D"ގެ ހަތަރުވަނަ ލަވަ ނެރެފި
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D"ގެ ހަތަރު ވަނަ ލަވަ ނެރެފިއެވެ.
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D"ގެ ހަތަރު ވަނަ ލަވަ ނެރެފިއެވެ.

އެލަވައިގައި ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު އަދި ނޯރާ ފަތޭހީ ވެސް ފެނިގެންދެއެވެ. "ލަގްދީ ލަހޯރެ ދީ" ނަމަކަށް ކިޔާ އެ ލަވަ ކިޔާފައިވަނީ ގުރޫ ރާންދަވާ އަދި ތުލްސީ ކުމާރުއެވެ. އެލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.


ފިލްމުގައި އެ ތިން ފަންނާނުންގެ އިތުރުން ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެ އެވެ. ޕްރަބޫދޭވާ އާއި ރާގަވް އާއި ޕުނިތް އަދި ދަރުމޭޝް ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފަ އެވެ.

މި ފަންނާނުންގެ އިތުރުން ބޮލީވުޑަށް އަލަށް ތައާރަފުވާ ސަކްތީ މޯހަން ވެސް ފެނިގެންދާނެ އެވެ.

ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް