ads
ތަރާވީހުގެ ޖަމާއަތެއް ހެދީ މިނިސްޓްރީގައި ލޮކްޑައުންގައި ތިބި ފަރާތްތައް
އިސްލާމީ މަރުކަޒުގައި މިރޭ ތަރާވީހު ނަމާދުކުރީ ލޮކްޑައުންގައި ތިބި އެތަނުގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ ޕްރޮގްރާމުތައް ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށްޓަކައި މިނިސްޓްރީގެ ބައެއް މުވައްޒަފުން ތިބީ އެތަނުގައި ލޮކްޑައުންވެގެން ކަމަށެވެ. 

މާދަމާ ރޯދަ މަސް ފެށޭއިރު މިރޭ ވަނީ އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދުކޮށްފަ އެވެ. މި ޖަމާއަތުގައި ބައިވެރިވީ މިނިސްޓްރީގެ ފަސް ވަރަކަށް މުވައްޒަފުންގެ އިތުރުން ކުއްޖެކެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލަފަ އެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ތަރާވީސް ނުބާއްވަން ވެސް ވަނީ ނިންމާފަ އެވެ. 

ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް މި ޖަމާއަތް ހަދާފައި ވަނީ ގައިދުކުރުކަމަށް ސަމާލުކަން ނުދީކަމުން ގިނަ ބަޔަކު ވަނީ އެކަމާއި ފާޑުކިޔާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް